ހއ. ތަކަންދޫއަކީ އާބާދީގައި ހާހެއްހާ މީހުން ހަމަވާ ގުދުރަތީ ރީތި ކަމެއް ލިބިފައިވާ ރަށެކެވެ. އެ ރަށުގެ ދެ ކޮޅުގައި ދެ ކުޅި، ކޯރު އޮވެ އެވެ. އޭގެ ތެރެއިން އުތުރު އަވަށުގައި އޮތް ކޯރަކީ އެ ރަށު މީހުންނާއި އެ ރަށަށް ޒިޔާރަތް ކުރާ މީހުންގެ މެދުގައި އެންމެ މަގުބޫލު މަންޒިލެވެ.
ހއ. (ތިލަދުންމަތީ އުތުރުބުރީ) ތަކަންދޫއަކީ އާބާދީގައި ހާހެއްހާ މީހުން ހަމަވާ ގުދުރަތީ ރީތި ކަމެއް ލިބިފައިވާ ރަށެކެވެ. އެ ރަށުގެ ދެ ކޮޅުގައި ދެ ކުޅި، ކޯރު އޮވެ އެވެ. އޭގެ ތެރެއިން އުތުރު އަވަށުގައި އޮތް ކޯރަކީ އެ ރަށު މީހުންނާއި އެ ރަށަށް ޒިޔާރަތް ކުރާ މީހުންގެ މެދުގައި އެންމެ މަގުބޫލު މަންޒިލެވެ. ތަފާތު އެކި ދިރުންތަކުން މުއްސަދިކަން ލިބިފައިވާ އެ ސަރަހައްދުގައި ވަރަށް ގިނަ އަދަދެއްގެ ގަސްގަހާ ގެހިވެސް ހުރެއެވެ. މި ބަންދުގައި އެ ކުޅިއަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދިނީ ކުޅީގައި އެލުވާލި މި ހިތްގައިމު އުނދޯލީންނެވެ. ވަރަސް ގިނަ ރަށްރަށުގެ ވިލުގައި މިފަދަ އުނދޯލިތައް އެލުވާފައިވާއިރު ތަކަންދޫގައި ކޯރުގައި އުނދޯލި އެލުވުންވީ ވެސް ހާއްސަ ކަމަކަށެވެ. މި އުނދޯއްޔާއެކު ކުޅިއަށް އިތުރު ފުރިހަމަ ކަމާއި ހިތްގައިމުކަން ވަނީ ގެނެސްދީފައެވެ.