މިދިއަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި އެ ޖަލްސާގައި މދިއަ އަހަރުގެ އަހަރީ ރިޕޯޓާއި އޮޑިޓް ރިޕޯޓް ފާސްކޮށް ޖަމިއްޔާގެ ހިންގާ ގާވައިދު އިސްލާހު ކުރި އެވެ.
ކެއާ ސޮސައިޓީއަށް 25 އަހަރު ފުރޭތީ މި އަަހަރު ކުލަ ގަދަކޮށް ހަރަކާތް ހިންގަން އަމާޒު ހިފާފައިވާ ކަމަށް އެ ސޮސައިޓީން ބުނެފި އެވެ.
ކެއާ ސޮސައިޓީގެ ބޯޑުގެ ރައީސް، އިސްމާއިލް އަދުހަމް މި މައުލޫމާތު އާންމު ކުރެއްވީ ކެއާ ސޮސައިޓީގެ 24 ވަނަ އަހަރީ އާއްމު ޖަލްސާ ބާއްވައި ހުސް މަގާމުތަކަށް ބޭފުޅުން ހޮވި ޖަލްސާގަ އެވެ.
މިދިއަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި އެ ޖަލްސާގައި މދިއަ އަހަރުގެ އަހަރީ ރިޕޯޓާއި އޮޑިޓް ރިޕޯޓް ފާސްކޮށް ޖަމިއްޔާގެ ހިންގާ ގާވައިދު އިސްލާހު ކުރި އެވެ. މީގެ އިތުރުން ފާއިތުވި އަހަރު އެކި ގޮތްގޮތުން މި ޖަމިއްޔާއަށް އެހީތެރިވި ފަރާތްތަކުގެ އަގު ވަޒަން ކޮށް އެފަރާތްތަކަށް ހަނދާނީ ސެޓްފިކެޓް ދިނެވެ.
ކެއާ ސޮސައިޓީން ބުނީ މި އަހަރު ކެއާ ސޮސައިޓީގެ ހިދުމަތްތައް ތިން ދާއިރާއަކަށް އަމާޒު ކުރާ ކަމަށާއި އެއް ކަމަކީ ކުދިންގެ ޅަފަތުގައި އާލީ އައިޑެންޓިފިކޭޝަން ފޯރު ކޮށްދިނުން ކަމަށެވެ. ދެވަނަ ކަމަކީ ސްކޫލް ނިންމާ ކުދިންނަށް ޢާމްދަނީ ހޯދޭނެ ގޮތެއް ނުވަތަ ވަޒީފާއަށް ނެރުމަށް ހިންގޭ ޕްރޮގްރާމް ކަމަށާއި ތިންވަނަ ކަމަކީ ތެރަޕީ އަދި ރިހެބިލިޓޭޝަން ޕްރޮގްރާމް ފުޅާ ކުރުން ކަމަށެވެ.
މި އަހަރަކީ ކެއާ ސޮސައިޓީއަށް 25 އަހަރު ފުރޭ އަހަރަށް ވާތީ އެކަން ކުލަގަ ދަކޮށް ފާހަގަ ކުރުމަށް ހާއްޒަ ހަރަކާތްތަކެއް
ކުރިއަށް ގެންދަން ރާވާފައިވާކަން ފާހަގަ ކުރައްވާ ވިދާޅުވީ ކެއާ ސޮސައިޓީގެ އާ މިސްރާބު އެކުލަވާލައި ސްޓްރެޓެޖިކް ޕްލޭން
އިސްލާހު ކުރާނެ ކަމަށާއި މިއަހަރު ފަހު ކޮޅު ވަރަށް ހާއްސަ ޖަލްސާއެއް ބާއްވާގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.