ރާއްޖެ އިން އިރާނާ ގުޅުން ކަނޑާލީ 2016 ވަނަ އަހަރު ސައުދީ އަރަބިއްޔާއިން އީރާނާއި ގުޅުން ކަނޑާލުމުންނެވެ. އޭގެ ކުރީން އީރާނާއެކު ރާއްޖެ ސިޔާސީ ގުޅުން ގާއިމްކޮށްފައި އޮތީ 1975 ވަނަ އަހަރުން ފެށިގެނެވެ.
ދިވެހި ރާއްޖޭން އީރާނާއެކު އަލުން ސިޔާސީ ގުޅުން ގާއިމު ކުރުމަށް ނިންމުމުން ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު އަދި އދ. އިންސާނީ ހައްގުތަކާބެހޭ ރެޕަޓްއާކަން ކުރިން ގިނަ އަހަރުތަކެއް ވަންދެން ފުރުއްވެވި ޑރ. އަހުމަދު ޝަހީދުގެ ފާޑު ވިދާޅުވެއްޖެ އެވެ.
ޝަހީދު ވަނީ އދ. ގެ ހިއުމަން ރައިޓްސް ކައުންސިލުން އީރާނުގެ އިންސާނީ ހައްގުތަކުގެ ހާލަތު ދެނެގަތުމަށް އީރާނަށް ފޮނުވާ، ސްޕެޝަލް ރެޕަޓުއާ ކަން ވެސް ކުރައްވާފަ އެވެ. އަދި އީރާނަށް އަރަން އޭނާއަށް ވަނީ ހުއްދަ ނުދީފަ އެވެ.
ރާއްޖޭން އިރާނާ ގުޅުން ކަނޑާލީ 2016 ވަނަ އަހަރު ސައުދީ އަރަބިއްޔާއިން އީރާނާއި ގުޅުން ކަނޑާލުމުންނެވެ. އޭގެ ކުރީން އީރާނާއެކު ރާއްޖެ ސިޔާސީ ގުޅުން ގާއިމްކޮށްފައި އޮތީ 1975 ވަނަ އަހަރުން ފެށިގެނެވެ.
އިންސާނީނ ހައްގުތަކުގައި އެއްވެސް ކުރިއެރުމެއް އިރާނަށް އައިސްފައި ނުވާ ކަމަށް ތުހުމަތު ކުރައްވާ ޝަހީދު ވިދާޅުވީ ދިވެހި ރާއްޖެއިން އީރާނާ ގާއިމް ކުރަންވީ އެއްވެސް ސަބަބެއް ނުފެންނަ ކަމަށެވެ.
ޓްވީޓް ކުރައްވާ ޝަހީދު އަދި ވިދާޅުވި އެވެ: "މީހުން މެރުމާއި، ވިހަ ލުމާއި، އަނިޔާ ކުރުން ފަދަ އަމަލުތައް އިރާންގައި ދަނީ ހިންގަމުން. މިއީ އދ. ގެ ހިއުމަން ރައިޓްސް ކައުންސިލުގެ މެމްބަރަކަށްވެ އޮވެ ރާއްޖެއިން ވިސްނަން ޖެހޭ ކަމެއް."
ދިވެހި ސަރުކާރުން ރޭ ބުނެފައިވާ ގޮތުގައި ސައުދީ އާއި އިރާނުގެ މެދުގައި އަލުން ސިޔާސީ ގުޅުން ގާއިމުކޮށް ދެ ގައުމުގެ އެމްބަސީތައް އަލުން ހުޅުވައި ގައުމުތަކުގެ ސިޔާދަތަށް ހުރުމަތްތެރިކޮށް ހިތައި ގައުމުތަކުގެ ދާހިލީ ކަންކަމާ ނުބެހުމާ ގުޅޭ އަސާސްތައް ކަށަވަރުކޮށް ސައޫދީ އާއި އިރާނާއި ޗައިނާއިން ނެރުނނު ގުޅިފައިވާ ބަޔާނަށް ދިވެހި ސަރުކާރުން މަރުހަބާ ކިޔާ ކަމަށެވެ. އަދި ރާއްޖެއިން އިރާނާއެކު އަލުން ސިޔާސީ ގުޅުން ގާއިމު ކުރަން ނިންމާފައިވާ ކަމަށެވެ.