"އަފްޣާނިސްތާނުން ހިޖްރަކުރާން ބޭނުންވާ އަންހެނުންނަށް މި ރާއްޖެއިން މަރްހަބާ ކިޔަންވެއްޖެ. މިކަމުގެ އިގްތިސާދީ އިޖްތިމާއީ ފައިދާ ރާއްޖެއަށްވެސް ކުރާނެ،" އިބްރާ ވިދާޅުވި އެވެ.
އަފްޣާނިސްތާނުން ހިޖުރަ ކުރާން ބޭނުންވާ އަންހެނުންނަށް ރާއްޖެއިން މަރުހަބާ ކިޔަންވެއްޖެ ކަމަށް ރާއްޖޭގެ ގާނޫނު އަސާސީ ޑްރާފްޓްކުރި ކޮމެޓީގެ މުގައްރިރު އިބްރާހިމް އިސްމާއީލް (އިބްރާ) ވިދާޅުވެއްޖެ އެވެ.
އިބްރާ މިހެން ވިދާޅުވީ ރޭ މެންދަމު ކުރެއްވި ޓްވީޓެއްގަ އެވެ. މިފަދަ ޓްވީޓެއް ކުރެއްވި ސަބަބެެއް ސާފުކޮށެއް ނުދެއްވަ އެވެ. ވިދާޅުވީ އަފްޣާނިސްތާނުން ހިޖުރަކުރާން ބޭނުންވާ އަންހެނުންނަށް ރާއްޖެއިން މަރުހަބާ ކިޔަންވެއްޖެ ކަމަށެވެ. އަދި އެއީ އިގްތިސޯދީ ގޮތުންނާއި އިޖްތިމާއީ ގޮތުން ވެސް ރާއްޖެއަށް ފައިދާ ކުރާނެ ކަމެއް ކަމަށެވެ.
"އަފްޣާނިސްތާނުން ހިޖުރަ ކުރާން ބޭނުންވާ އަންހެނުންނަށް މި ރާއްޖެއިން މަރުހަބާ ކިޔަންވެއްޖެ. މިކަމުގެ އިގްތިސާދީ އިޖްތިމާއީ ފައިދާ ރާއްޖެއަށްވެސް ކުރާނެ،" އިބްރާ ވިދާޅުވި އެވެ.
އިބްރާގެ މި ޓްވީޓާއި ގުޅިގެން ކޮމެންޓް ކޮށްފައިވާ ފަރާތްތަކުން ވަނީ އެއީ ކޮން މަގުސަދެއްގައި ކުރެއްވި ޓްވީޓެއްތޯ ސުވާލު ކުރައްވާފަ އެވެ. ނަމަވެސް އެއިން ސުވާލަކަށް ޖަވާބު ދެއްވާފައެއް ނުވެ އެވެ.
ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެފައި އޮތް އަފްޣާނިސްތާނަކީ ހިޖުރަ ކުރާ މީހުންގެ އަދަދު އެންމެ ބޮޑު އެއް ގައުމެކެވެ. ހަނގުރާމައަށް ފަހު ހުޅަނގުން އުފައްދައިގެން އެ މީހުންގެ ނުފޫޒުގައި ހިންގަމުންދިޔަ ސަރުކާރުގެ ބާރު ކެނޑި އެ ގައުމުގައި މިހާރު އޮތީ ތާލިބާނުންގެ ސަރުކާރެކެވެ. ތާލިބާނުންގެ ހަރުކަށި އުސޫލުތަކުގެ ސަބަބުން ހިޖުރަކުރާ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ. ހާއްސަކޮށް އެ ގައުމުގެ އަންހެނުންނެވެ.
އެމެރިކާއިން ވެސް ވަނީ އަފްޣާނިސްތާނުގެ އެތައް މިިލިއަން ބަޔަކު ކުރިއަށް އޮތް ދުވަސްތަކުގައި އެ ގައުމަށް އެތެރެވުމަށް މަސައްކަތް ކޮށްފާނެ ކަަމަށް ބުނެ އިންޒާރެއް ވެސް ނެރެފަ އެވެ.