މުޅި މެޗުގައި ވެސް އެންމެ އާދައިގެ ގޮތަކަށް ފެނިފައި ވަނީ ސިޓީން ބްރެޒިލް ގަބްރިއެލް ޖެސޫސް އާއި ރަހީމް ސްޓާލިން ދޫކޮށްލުމަށް ފަހު. ބޮރޫޝިއާ ޑޯޓްމަންޑުން ހޯދިން އާލިން ހާލޭންޑެވެ.
ކޮމިއުނީ ޝީލްޑް މެޗްގައި 1-1 އިން މެންސިޓީ އާއި ލިވަޕޫލް އެއްވަރުވާން ދަނިކޮށް އަލަށް ލިވަޕޫލާ ގުޅުނު ޑާވިން ނޫނޭޒް، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުމެ ޕެނަލްޓީއެއް ހޯދައި ދިނުމުގެ އިތުރަށް ތިންވަނަ ލަނޑެއް ޖައިދީ 3-1 އިން މެޗް ލިވަޕޫލަށް ކޮމިއުނިޓީ ޝީލްޑް ހޯދައިދީފި އެވެ.
ކޮމިއުނިޓީ ޝީލްޑްގެ މި މެޗް ފެނިގެން ދިޔައީ ވާދަވެރި އަދި ވަރަށް ފޯރި ގަދަ ކޮށެވެ. މުޅި މެޗުގައި ވެސް އެންމެ އާދައިގެ ގޮތަކަށް ފެނިފައި ވަނީ ސިޓީން ބްރެޒިލް ގަބްރިއެލް ޖެސޫސް އާއި ރަހީމް ސްޓާލިން ދޫކޮށްލުމަށް ފަހު. ބޮރޫޝިއާ ޑޯޓްމަންޑުން ހޯދިން އާލިން ހާލޭންޑެވެ. އޭނާއަށް މެޗުގައި އެކަށީގެންވާ ކުޅުމެއް ނުދެއްކުނު އިރު ރަނގަޅަށް ގޯލު ޖަހަން ލިބުނު ދެ ފުރުސަތެއް ވަނީ ނަގާލާފަ އެވެ.
މިރޭގެ ވާދަވެރި މެޗުގައި ލިވަޕޫލުން ރަނގަޅަށް ފަށައި ފުރަތަމަ ލަނޑު ޖަހައި ދިނީ އެލެގްޒެންޑާ އާނަލްޑް މެޗުގެ 21 ވަނަ މިނެޓްގަ އެވެ. ބޮކްސް މަތީން އޭނާ އަނބުރާފައި ޖެހި ބޯޅަ ސިޓީގެ ނަތަން އޭކޭގެ ދިގު އިސްތަށިގަނޑުގައި ޖެހިލުމުން އުފެދުނު ކުޑަ ޑިފްލެކްޝަނެއް ގައި ގޮސް ބޯޅަ ގޯލަށް ވަނީ އެވެ.
ދެ ވަނަ ހާފުގައި ސިޓީއަށް ލަނޑެއް ޖަހައި ހަމަހަމަކޮށް ދިނީ ބަދަލުގައި ނުކުތް ޖޫލިއަން އަލްވާރޭޒް އެވެ. އޭނާ 70 ވަނަ މިނެޓްގައި ވަރަށް ހަނި ގޮތަކަށް ޖެހި އެ ލަނޑު ބަލައިގަތީ ވީއޭއާރް ބަލައިގެނެވެ. އެ ލަނޑު ޖެހުމަށް މަގު ފަހި ކޮށް ދިނީ ފިލް ފޯޑެން އެވެ. ނަމަވެސް މެޗު ނިމެން އަށް މިނިޓަށްވެފައި ވަނިކޮށް ރެފްރީ ކްރޭގް ޕޯސަން ވަނީ ވީއޭއާރްގެ އެހީގައި ލިވަޕޫލަށް ޕެނަލްޓީއެއް ދީފަ އެވެ. އެއީ ޑާވިން ނޫނޭޒް ބޮލުން ގޯލްތެރެއަށް ފޮނުވާލި ބޯޅައެއްގައި ރޫބެން ޑިއާސް އަތްލައިގެނެވެ. އެ ޕެނަލްޓީން ލީޑު ހޯދައި ދިނީ މުހައްމަދު ސަލާހެވެ. އޭގެ އިރުކޮޅެއް ފަހުން ލިވަޕޫލްގެ ތިން ވަނަ ލަނޑު ނޫނޭޒް ޖަހައި ދެނީ ގުދުވެލައިގެން އޮވެ ބޮލުންނެވެ. އޭނާ ވަނީ ކޮމިއުނިޓީ ޝީލްޑާއެކު ޕްރިމިއާ ލީގުގައި ރަނގަޅަށައި ސަޕޯޓަރުންގެ ކުރިމަތީގައި އުފާފާޅު ކޮށްފަ އެވެ.