ބެންކޮކުގެ ވައި ނުސާފުވުމަކީ ދޭތެރޭ ދޭތެރެއިން ދިމާވާ މައްސަލައެކެވެ. މި އަހަރު ވެސް މި މައްސަލަ ދިމާވެފާއިރު މަސައްކަތްތެއިން ގޭގައި ތިބެ މަސައްކަތް ކުރުމުގެ ފުރުސަތު ސަރުކާރުން ވަނީ ދީފަ އެވެ.
ވިޔަފާރިވެރިންނާއި ބޭސްފަރުވާއަށް ދާ މީހުން ހިމެނޭ ގޮތަށް ދިވެހިންގެ ގިނަ ބަޔަކު އަބަދުވެސް ގޮސް އުޅޭ ތައިލެންޑުގެ ވެރިރަށް ބެންކޮކުގައި އާދަޔާ ހިލާފަށް ވައި ނުސާފުވުމުގެ ސަބަބުން ސިއްހީ ބޮޑެތި މައްސަލަތަކާ އެތައް ބަޔަކަށް ކުރިމަތިލާން ޖެހިއްޖެ އެވެ.
އެގޮތުން މި ހަފުތާގެ ތެރޭގައު 200,000 އަށްވުރެ ގިނަ މީހުންނަށް ފަރުވާދޭން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައި ވެއެވެ. މުޅި ބެންކޮކަށް ވަނީ ތަޣައްޔަރު ވެފައިވާ ބޯ ދުމެއް ފެތުރިފަ އެވެ.
ބައިބޯ ވެރިރަށް ބެންކޮކުގެ ވައި ތަޣައްޔަރުވެ ވިޒިލބިލިޓީ ގެއްލިފައި ވަނީ އެއްގަމު އުޅަނދުފަހަރާއި ކާރުހާނާތަކާއި އަދި ދަނޑުބިންތަކުގައި ހުޅުޖެހުމުން އަރާ ދުމުގެ ސަބަބުންނެވެ. ބެންކޮކުގެ ވައިގެ ތެރޭގައި އިންސާނުންގެ ނޭވާލާ ނިޒާމުގެ ތެރެއިން ލޭ ހޮޅިތަކަށް ވާސިލުވެވޭ ފަދަ ކުނޑިތަކެއް ދައުރުވަމުންދާ ކަމުގައި އާންމު ސިއްހަތާ ބެހޭ ވުޒާރާއިން ވަނީ ބުނެފަ އެވެ.
އޮފިޝަލުން ވިދާޅުވާ ގޮތުގައި ވައި ތަޣައްޔަރުވެ ދުން ބޯވުމުގެ ސަބަބުން މި އަހަރުގެ ތެރޭގައި އެކަނިވެސް 1.3 މިލިޔަން މީހަކު ބަލިވެގެން ރިޕޯޓް ކޮށްފައި ވެއެވެ. އަދި އޭގެ ސަބަބުން ކުޑަކުދިންނާއި މާބަނޑު އަންހެނުން ބޭރަށް ނުކުމެ އުޅުނުން މަދު ކުރުމަށް ލަފާ އިލްތިމާސްތައް ނެރެފައި ވެއެވެ. އަދި ބޭރުގައި އުޅޭނަމަ "އެން95" މާސްކު ބޭނުން ކުރަން ވެސް އަންގާފައި ވެއެވެ.
ބެންކޮކުގެ ވައި ނުސާފުވުމަކީ ދޭތެރޭ ދޭތެރެއިން ދިމާވާ މައްސަލައެކެވެ. މި އަހަރު ވެސް މި މައްސަލަ ދިމާވެފާއިރު މަސައްކަތްތެއިން ގޭގައި ތިބެ މަސައްކަތް ކުރުމުގެ ފުރުސަތު ސަރުކާރުން ވަނީ ދީފަ އެވެ.
ގާތްގަނޑަކަށް 11 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ބެންކޮކުގެ ގަވަރުނަރު ޗަދްޗަރްޓް ސިއްތީޕުންޓް ވިދާޅުވި ގޮތުގައި ދުމުގެ މައްސަލަ ހައްލު ކުރުމަކީ އުނދަގޫ ކަމެއް ކަމަށާއި ޖައްވު ސާފު ނުކުރެއްވިޖަމަ އެންމެންގެ މަސައްކަތް ގޭތެރެއަށް ބަދަލު ކުރަން ލާޒިމްވާނެ ކަމަށެވެ.