ރައީސްގެ ދެކަނބަލުން އައިޓީބީއަށް ޒިޔާރަތް ކުރައްވައިފި

މިއީ 2019 ވަނަ އަހަރަށް ފަހު މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތްތަކުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބާލިންއަށް ގޮސް މި ފެއާ ގައި ބައިވެރިވި ފުރަތަމަ އަހަރެވެ.

ރައީސްގެ ދެ ކަނބަލުން ބާލިން ފެއާއަށް ޒިޔާރަތް ކުރެއްވުން

ޖަރުމަނު ވިލާތުގެ ބާލިންގެ މެސޭ ބާލިންގައި މިހާރު ކުރިޔަށްދާ ދުނިޔޭގެ ފަތުރުވެރިކަމުގެ އެންމެ ބޮޑުފެއާ، އިންޓަނޭޝަނަލް ޓުއަރިޒަމް ބޯސޭ (އައިޓީބީ) ބާލިން ފެއާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު މިއަދު ޒިޔާރަތް ކުރައްވައިފި އެވެ.

މިއީ 2019 ވަނަ އަހަރަށް ފަހު މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތްތަކުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބާލިންއަށް ގޮސް މި ފެއާ ގައި ބައިވެރިވި ފުރަތަމަ އަހަރެވެ. އަދި މިއީ ފާއިތުވި ތިން އަހަރު ރާއްޖެއަށް ވިދިވިދިގެން ތިން ފަހަރު ވޯލްޑް ލީޑިން ޑެސްޓިނޭޝަން އެވޯޑް ލިބުނު ފަހުން ވެސް ރާއްޖެއިން އައިޓީބީގައި ބައިވެރިވި ފުރަތަމަ ފަހަރެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އައިޓީބީ ފެއާއަށް މި ކުރެއްވި ޒިޔާރަތުގައި ދިވެހިރާއްޖޭގެ ސްޓޭންޑަށް ޒިޔާރަތް ކުރައްވައި އެސްޓޭންޑުން ދައްކުވައިދޭ ދިވެހިންގެ މެހެމާންދާރީގެ ކަންކަމާއި ފޯރުކޮށްދޭ ހިދުމަތްތައް ބައްލަވާލެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ދިވެހިރާއްޖޭގެ ސްޓޭންޑަށް ޒިޔާރަތް ކުރެއްވުމުން އެމްއެމްޕީއާރްސީގެ ފަރާތުން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް އެސްޓޭންޑުގެ މޮޑެލްއެއް ވެދުމަށް އަރުވާފައެވެ.

އައިޓީބީ ބާލިން އަކީ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެއްތަނަކުން ބައްދަލުވެ ވިޔަފާރި ކުރިއެރުވުމަށް ހުޅުވާލެވިފައިވާ ޕްލެޓްފޯމެކެވެ. މިއަހަރުގެ ފެއާގައި އެމްއެމްޕީއާރްސީއާ މިނިސްޓްރީ އޮފް ޓޫރިޒަމްގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ 91 ކުންފުންޏަކުން، 233 މީހުން ވަނީ ބައިވެރިވެފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.