މި އަހަރުގެ އަންހެނުންގެ ދުވަހުގެ ޝިއާރަކީ ޑިޖިޓަލް މާހައުލުތަކުގައި އަންހެނުން ބާރުވެރިކުރުވާ ސްޓެމް ދާއިރާއިން ވަޒީފާގެ ފުރުސަތުތައް މަގުފަހި ކުރުމެވެ.
ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހާ ގުޅުވައިގެން އަންހެން ކުދިންނަށް ހާއްސަ ކޯޑިން އަދި އިންޖިނިއަރިން ޕްރޮގްރާމެއް ދިވެހި ބޭންކު، ބީއެމްއެލުން ތައާރަފު ކޮށްފި އެވެ.
އެ ބޭންކުން ބުނީ މިއީ އީޖާދީ އަދި ޓެކްނޮލޮޖީގެ ދާއިރާގައި ޖިންސުގެ ހަމަހަމަކަން ގާއިމު ކުރުމުގެ އަމާޒެއް ކަމަށެވެ. ބޭންކުގެ އެ ޕްރޮގްރާމަކީ 12 އަހަރާއި 14 އަހަރުގެ އުމުރުފުރާގެ އަންހެން ކުދީންނަށް އޮތް ފުރުސަތެކެވެ. މި ޕްރޮގްރާމުން 30 ކުދިންނަށް ފުރުސަތު ދޭނެ އެވެ.
ކޯޑިން ޕްރޮގްރާމް ކުރިއަށް ގެންދާނީ ފޯލޫޕް ކޯޑިން އެކަޑަމީންނެވެ.
މި ޕްރޮގްރާމުގައި ވިޝުއަލް ބްލޮކްސް ބޭނުން ކޮށްގެން ގޭމް ޑިވެލޮޕް ކުރުން، ޕައިތަން ބޭނުން ކޮށްގެން އެޕް ޑިވެލޮޕް ކުރުމާއި ބްލޫޓޫތް ކޮންޓްރޯލް ރޮބޮޓް ހެދުން ފަދަ ކަންކަން ދަސްކޮށް ދޭނެ އެވެ.
މި އަހަރުގެ އަންހެނުންގެ ދުވަހުގެ ޝިއާރަކީ ޑިޖިޓަލް މާހައުލުތަކުގައި އަންހެނުން ބާރުވެރިކުރުވާ ސްޓެމް ދާއިރާއިން ވަޒީފާގެ ފުރުސަތުތައް މަގުފަހި ކުރުމެވެ.