ގާނޫނުއަސާސީ މާނަކުރާ ގޮތާމެދު އިބުރާގެ ބޮޑެތި ކަންބޮޑުވުން

އިބުރާގެ މައިގަނޑު ކަންބޮޑުވުމަކީ ކޯޓުތަކުގައި ގާނޫނު އަސާސީގެ 143 ވަނަ މާއްދާގެ (ރ) މާނަ ކުރާ ގޮތެވެ. އެ އަކުރުގައި އޮންނަނީ މަތީ މަރުހަލާ ކޯޓުތަކުގެ ނިންމުންތަކަށް އެޔަށްވުރެ ދަށު މަރުހަލާގެ ކޯޓުތަކުން ތަބާވާން ޖެހޭނެ ކަމަށެވެ.

އިބްރާހިމް އިސްމާއިލް (އިބުރާ) މިއަދު މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީއާއި މައުލޫމާތު ހިއްސާކުރައްވަނީ --

ކޯޓުތަކުގައި ޝަރީއަތްތަކުގައި ގާނޫނު އަސާސީ މާނަ ކުރުމާބެހޭ ގޮތުން ހުރި ބޮޑެތި ކަންބުވުންތައް ހިއްސާކޮށް އެކަން ކަމަށް ހައްލެއް ހޯދައިދިނުމަށް ގާނޫނު އަސާސީ ޑްރާފްޓްކުރި ކޮމެޓީގެ މުގައްރިރު އިބްރާހިމް އިސްމާއިލް (އިބުރާ) ރައްޔިތުންގެ މަޖިލީހުގައި އެދިވަޑައިގެންފި އެވެ.

މި މައްސަލަ އިބުރާ އެންމެ ފުރަތަމަ ހިއްސާ ކުރެއްވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ އެވެ. އެކަން ހިއްސާ ކުރުމުން މައްސަލަ ދިރާސާ ކުރަން ނަޝީދު ވަނީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ހުށަހަޅާފަ އެވެ. އެ ކޮމިޓީން މިއަދު އިބުރާ ހާޒިރުކޮށް މި މައްސަލައާ ގުޅޭ ގޮތުން ވަނީ މައުލޫމާތު ހޯދާފައިވެ އެވެ

އިބުރާގެ މައިގަނޑު ކަންބޮޑުވުމަކީ ކޯޓުތަކުގައި ގާނޫނު އަސާސީގެ 143 ވަނަ މާއްދާގެ (ރ) މާނަ ކުރާ ގޮތެވެ. އެ އަކުރުގައި އޮންނަނީ މަތީ މަރުހަލާ ކޯޓުތަކުގެ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުހަލާގެ ކޯޓުތަކުން ތަބާވާން ޖެހޭނެ ކަމަށެވެ.

އިބުރާ ވިދާޅުވީ އެއަކުރު އެގޮތަށް ލިޔުނީ މަތީ މަރުމަހަލާ ކޯޓުތަކުން ގާނޫނު މާނަ ކުރާ ގޮތާ ދަށު ކޯޓުތަކުން ގާނޫނު މާނަކުރާ ގޮތް އެއްގޮތް ކުރަން ކަމަށެވެ.

"އެ އަކުރު އަޅުގަނޑުމެން ލިޔަން ޖެހުނު ސަބަބަކީ ގާނޫނު އަސާސީއާ ގާނޫނު މާނަ ކުރަމުން ދާއިރުގައި މިގޮތަށް އެއަށް ތަބާނުވާ ކަމަށްވަންޏާ އަބަދުވެސް އެކި ކޯޓުގަ އެކި މާނަ އަބަދު ނަގަމުން ނަގަމުން ގެންދާނީ. އެހެންވެއްޖިއްޔާ ގާނޫނު އަސާސީއާ ގާނޫނުތައް އެއް މިސްރާބަކަށް ދަތުރެއް ނުކުރާނެ،" އިބުރާ ވިދާޅުވި އެވެ.

އިބުރާ ވިދާޅުވީ މަތީ ކޯޓަކުން މައްސަލައެއްގައި ވަކި ގޮތެއް ކަނޑައަޅަންދެން ދަށު ކޯޓުން މައްސަލަ މަޑުޖައްސާލައިގެން ނުތިބެވޭނެ ކަމަށެވެ. އޮންނަން ޖެހޭ ގޮތަކީ ދަށު ކޯޓަށް ފެންނަ ގޮތަކަށް ގާނޫނު މާނަ ކުރުން ކަމަށާއި، އޭގައި ގޯހެއްވާނަމަ މަތީ މަރުހަލާއިން ހައްލެއް ލިބިގެން ދާނެ ކަމަށެވެ.

މަތީ ކޯޓުތަކުން މައްސަލަތަކުގައި ނިންމާފައި ހުންނަން ކަންކަން ފާހަގަކޮށް، އެއްވެސް ގާނޫނީ ނުކުތާއެއް ނެތި ވަކީލުން ވަކާލާތުކުރާ ކަން އިބުރާ މި ކަންތައްތަކުގެ ތެރެއިން ފާހަގަ ކުރެއްވި އެވެ. 

އިބްރާހިމް އިސްމާއިލް (އިބުރާ) މިއަދު މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީއާއި މައުލޫމާތު ހިއްސާ ކުރައްވަނީ

"[ގާނޫނު އަސާސީގެ] 142 ވަނަ މާއްދާގަ އޮންނާނެ ވަރަށް ސްޕެސިފިކަލީ ލިޔުއްވާފަ، ފަނޑިޔާރުން އެމީހުންގެ މަސައްކަތުގަ އަމަލުކުރަން ވާނީ ގާނޫނު އަސާސީއާ ގާނޫނަށޭ. ގާނޫނުން ބޭރަކަށް ފަނޑިޔާރަކަށް ދެން އެއްޗެއް ނުބުނެވޭނެޔޭ. ބައިންޑްވީ އެ ދެއްތޯ؟" އިބުރާ ވިދާޅުވި އެވެ.

އެހެންކަމުން މިކަންކަމުގެ ސަބަބުން ގާނޫނު އަސާސީގެ މުޅި މަގުސަދު އޮޅި، ގާނޫނުން ރައްޔިތުންނަށް ހޯދައިދީފައިވާ ރައްކާތެރިކަން ގެއްލިގެން ދިއުމުގެ ބިރު އެބަ އޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑަށް ގަބޫލު ކުރެވެނީ މީގަ ހަމަ ވަކީލުންގެ ތެރެއިން ބައެއް ބޭފުޅުންނަށް މިކަންކަން އޮންނަ ގޮތް ރަނގަޅަށް ބެއްލެވިފަ ނުހުންނަނީއޭ. އެހެންވީމާ އޮޅުންތަކެއްގެ ތެރެއިން އައިއްސަ، އަޅުގަނޑުގެ ކަންބޮޑުވުމަކީ ގާނޫނު އަސާސީގެ މަގުސަދު އޮޅި، މުޅި ރައްޔިތުންނަށް ގާނޫނު އަސާސީން ދީފަ އޮތް ރައްކާތެރިކަމާ ހޯދައިދީފަ ހުރި ހައްގުތައް ގެއްލިގެން ހިނގައިދާނެއެ،" އިބުރާ ވިދާޅުވި އެވެ.

އިބުރާ ވަނީ މަދަނީ އިޖުރާއަތު ގާނޫނު މާނަ ކުރަމުންދާ ގޮތާ މެދު ވެސް ކަންބޮޑުވުން ހިއްސާ ކުރައްވާފަ އެވެ. އެ ގޮތުން އެގާނޫނުގައި ދައުވާ ލިބޭ ލިޔުން 14 ދުވަހުގެ ތެރޭގައި ކޯޓަށް ހުށަހަޅަން ޖެހުނު ނަމަވެސް، އޭގެ ބޭނުމަކީ ކޯޓުގެ އިހުތިސޯސާ މެދު ސުވާލު އުފައްދާނަމަ އެ ކަން ފާހަގަ ކުރުން ކަމަށް އިބުރާ ވިދާޅުވެފައިވެ އެވެ.

މިއަދުގެ ބައްދަލުވުމަށްފަހު މިކަމާ ގުޅޭ ގޮތުން މަޝްވަރާތައް ކުރުމަށް އިތުރު ބައްދަލުވުންތައް ބާއްވާނެ ކަމަށް ކޮމެޓީގެ މުގައްރިރު، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.