އައިޓީބީ ބާލިންގައި ބައިވެރިވާ ދިވެހި ސަގާފީ ގުރޫޕް ފުރައިފި

މި އަހަރު އައިޓީބީ ބާލިން 2023 ގަައި އެމްއެމްޕީއާރްސީ އިން ބަހައްޓާ ވިޒިޓް މޯލްޑިވްސްގެ ސްޓޯލްގައި ފަތުރުވެރިކަމާއި ބެހޭ 82 ކުންފުންޏަކުން 200 އަށް ވުރެ ގިނަ މީހުން ބައިވެރި ވެއެވެ.

އައިޓީބީ ބާލިން 2023 ގަައި ބައިވެރިވާ ދިވެހި ސަގާފީ ގުރޫޕް

ދުނިޔޭގެ އެންމެ ބޮޑު ޓޫރިޒަމް ޓްރޭޑް ފެއާ، އައިޓީބީ ބާލިން 2023 ގަައި ބައިވެރިވާން ދިވެހި ސަގާފީ ގުރޫޕް ޖަރުމަނަށް ފުރައިފި އެވެ. ޖަރުމަނުގެ ބާލިންގައި މި ފެއާ ކުރިޔަށް ދަނީ މިއަދުން ފެށިގެން މި މަހުގެ 9 އަށެވެ. 

މި އަހަރުގެ އައިޓީބީ ބާލިން ފެއާގައި ބައިވެރިވާ ދިވެހި ސަގާފީ ގުރޫޕުގައި ޕްރޮފެޝަނަލް ނަށާ ގުރޫޕެއް ކަމަށްވާ ޑައިނިސިއެކްގެ ނެށުންތެރިންނާއި މާސްޓާސެފް މަހާ ނަސީރު ހިމެނެ އެވެ. އަދި އިތުރު ދެ ދިވެހި އަންހެން ސެފުން ވެސް ބައިވެރިވެ އެވެ.

ފެއާގައި ހުންނަ ރާއްޖޭގެ ސޮޓޯލްގައި ސަގާފީ ގްރޫޕުގެ ނެށުންތެރިން އެކި ދިވެހި ލަވަތަކައް ތަމްސީލު ކުރާނެ އެވެ. އަދި ދިވެހި ސެފުންގެ ޓީމުން، ފެއާއަށް ޒިޔާރަތްކުރާ އެކި ފަރާތްތަކަށް ދިވެހި ކާބޯތަކެތި ތައްޔާރު ކުރާ ގޮތް ލައިވް ސްޓޭސަންގައި ދައްކާލާނެ އެވެ. 

މި ފެއާގައި ތަމްސީލުކުރާ ކުންފުނިތަކުގެ ތެރޭގައި ދުނިޔޭގެ އެކިކަންކޮޅުތަކުގެ ހޮޓާތަކާއި، ޓޫރިސްޓް ބޯޑުތަކާއި އަދި ޓުއާ އޮޕަރޭޓަރުން ހިމެނެ އެވެ. 

މި އަހަރު އައިޓީބީ ބާލިން 2023 ގަައި އެމްއެމްޕީއާރްސީ އިން ބަހައްޓާ ވިޒިޓް މޯލްޑިވްސްގެ ސްޓޯލްގައި ފަތުރުވެރިކަމާއި ބެހޭ 82 ކުންފުންޏަކުން 200 އަށް ވުރެ ގިނަ މީހުން ބައިވެރި ވެއެވެ.  

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.