ލަންކާއަށް ރަނގަޅެއް: 2.9 ބިލިއަން ޑޮލަރުގެ ލޯނު އައިއެމްއެފުން އެޕްރޫވް ކޮށްދެނީ

ލަންކާއިން 2029 ވަނަ އަހަރާ ހަމައަށް އެވްރެޖްކޮށް ކޮންމެ އަހަރަކު ގާތްގަނޑަކަށް ހަ ބިލިއަން ޑޮލަރު އަނބުރާ ދައްކަން އައިއެމްއެފްއާ ގުޅިގެން މަސައްކަތް ކުރަމުން ގެންދަން ޖެހޭނެ އެވެ.

ލަންކާގެ މަރުކަޒީ ބޭންކް: އައިއެމްފްގެ ޕްރޮގްރާމް ތެރެއިން ނޫން ގޮތަކަށް ލަންކާ ތެދުވާން ދަތިވާނެ

އާބާދީގައި 22 މިލިއަން މީހުންގެ ރައްޔިތެއް އޮތް ސްރީލަންކާ 1948 ވަނަ އަހަރު އިނގިރޭސީންގެ އަތްދަށުން މިނިވަންވި ފަހުން ކުރިމަތިވެފައިވާ އެންމެ ބޮޑު އިގްތިސޯދީ ދަތިކަމާއި ތަދުމަޑު ކަމުން އަރައި ގަތުމަށް ވަނީ ފައިސާ ބޭނުންވެފަ އެވެ.  

ލަންކާއިން މިހާރު ލަފާކުރާ ގޮތުގައި މި މަހުގެ ތިންވަނަ ހަފުތާ ނުވަތަ ހަތަރު ވަނަ ހަފުތާގައި 2.9 ބިލިއަން ޑޮލަރުގެ ލޯނަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ފައިނަލް އެޕްރޫވް ދޭނެ އެވެ. ރައީސް ރަނިލް ވިކްރަމަ ސިންހާ ވަނީ މިއަދު އެހެން ވިދާޅުވެސްވެފަ އެވެ.

ގާނޫނު ހަދާ މަޖިލީހުގައި ރައީސް ރަނިލް ވިކްރަމަސިންހަ ވިދާޅުވީ އިގްތިސޯދު ރަނގަޅު ވަމުންދާ ނިޝާންތައް ފެންނަ ނަމަވެސް އަދިވެސް އެ ގައުމުގައި އިމްޕޯޓްކުރާ ހުރިހާ ފައިސާއަކަށް އެކަށީގެންވާ ބޭރު ފައިސާ ނެތުމުން އައިއެމްއެފްގެ ޑީލް މުހިންމެވެ. އެ ފައިސާ ލިބެމުން އެހެން ފަރާތްތަކުން ވެސް ފައިސާ ދޫކުރަން ފަށާނެ ކަމަށެވެ. 

"އަޅުގަނޑުމެންގެ ގައުމުން މިހާރު ވަނީ ކުރިންސުރެ އައިއެމްއެފް އިން އެދުނު ހުރިހާ ކަމެއް ކޮށް ނިންމާފައި،" ވިކްރަމަސިންހަ ވިދާޅުވި އެވެ.

"ރޭ އަޅުގަނޑުމެންނަށް ޗައިނާ އެކްޒިމް ބޭންކުގެ އާ ސިޓީއެއް ލިބުނު. މަރުކަޒީ ބޭންކުގެ ގަވަރުނަރާއި އަޅުގަނޑު ލެޓާ އޮފް އިންޓެންޓްގައި ސޮއިކޮށް އައިއެމްއެފްއަށް ފޮނުވައިފިން... ނަތީޖާއެއްގެ ގޮތުން ރުހުން ލިބޭނެ ކަމަށް އުންމީދު ކުރަން" ރަނިލް ވިދާޅުވި އެވެ. 

ޖޫނިއާ ފިނޭންސް މިނިސްޓަރު ޝެހާން ސެމަސިންހަ ގާނޫނު ހަދާ މަޖިލީހުގައި ވިދާޅުވީ ލަންކާ އޮތީ އައިއެމްއެފްގެ ފަރާތުން ވަރަށް ހެޔޮ ހަބަރެއް ލިބުމުގެ މަގުމަތީގައި ކަމަށެވެ. އަދި އައިއެމްއެފްގެ ޕްރޮގްރާމަކީ ލަންކާއަށް ކޮންމެހެން ބޭނުންތެރި ޕްރޮގްރާމެއް ކަމަށެވެ. އަދި ޗައިނާއިން އޮތީ ދަރަނި ރީސްޓްރަކްޗާ ކޮށްދޭން އެހީތެރި ވެދޭން ކަމަށެވެ.

ދުނިޔޭގެ އެންމެ ބޮޑު ސޮވަރިން ކްރެޑިޓާ ޗައިނާއިން ހޯމަ ދުވަހު ލަންކާއަށް ދިނީ ކޮން އާ ތާއީދެއް ކަމެއް މުޅީން އަދި ސާފެއް ނުވެ އެވެ. އެކަމަކު ޖެނުއަރީ މަހު ޗައިނާގެ އެކްސްޕޯޓް-އިމްޕޯޓް ބޭންކުން ވަނީ ލަންކާއަށް ދެ އަހަރުގެ ދަރަނި މަޑުޖައްސާލުމަށް ހުށަހަޅައި، އައިއެމްއެފްގެ ލޯނު ހޯދަން ލަންކާ ކުރާ މަސައްކަތަށް ތާއީދު ކުރާނެ ކަމަށް ބުނެފަ އެވެ.

ޗައިނާ އާއި އިންޑިއާ އަކީ ލަންކާއަށް އެންމެ ބޮޑެތި ލޯނު ދޫކުރާ ގައުމުތަކެވެ. ލަންކާއިން 2020 ވަނަ އަހަރު ނިމުނުއިރު  ޗައިނާ އެގްޒިމްބެންކަށް 2.83 ބިލިއަން ޑޮލަރު ދަރާ އޮތެވެ. އެއީ ލަންކާގެ ބޭރުގެ ދަރަނީގެ 3.5 ޕަސެންޓް ކަމަށް އައިއެމްއެފްގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ލަންކާއިން 2029 ވަނަ އަހަރާ ހަމައަށް އެވްރެޖްކޮށް ކޮންމެ އަހަރަކު ގާތްގަނޑަކަށް ހަ ބިލިއަން ޑޮލަރު އަނބުރާ ދައްކަން އައިއެމްއެފްއާ ގުޅިގެން މަސައްކަތް ކުރަމުން ގެންދަން ޖެހޭނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.