އަދި އެއްވެސް ނަމެއް ދީފައި ނުވާ މި ފިލްމުގެ މަންޒަރުތައް ސްޕޭނާއި އާއި މޮރިޝަސްގައި ވެސް ނަގައެވެ. އަލިފާން ރޯވީ މުމްބާއީގައި ނަގަންޖެހޭ މަންޒަރުތަކަކަށް ތައްޔާރުވެފައި އޮއްވަ އެވެ.
ބޮލީވުޑްގެ ރަންބީރު ކަޕޫރާއި ޝްރައްދާ ކަޕޫރު ކުޅެމުންދާ އާ ފިލްމުގެ ޝޫޓިންގް އަށް މުމްބާއިގައި ތައްޔާރު ކޮށްފައިވާ ވަރުގަދަ ސެޓްގައި ރޯވެއްޖެ އެވެ. އެ ސެޓަކީ "ޗިތުރާކޫތު ސްޓޫޑިއޯ" ގައި ތައްޔާރުކޮށްފައިވާ ސެޓެކެވެ. އަލިފާން ރޯވީ ފިމްމުގެ ލަވައެއްގެ ޝޫޓިން ފަށަން ތައްޔާރުކޮށްފައި ވަނިކޮށެވެ. މި ހާދިސާގައި ޝުރައްދާ އާއި ރަންބީރު އަދި ކްރޫގެ އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ.
އަންނަ އަހަރު ނެރޭނެ ކަމަށް ބުނާ މި ފިލްމުގެ ސެޓުގައި ރޯވުމާ ގުޅިގެން ފިލްމުގެ ޝޫޓިން ވަނީ އެކަށް ހުއްޓާލާފަ އެވެ. އަދި ޝުރައްދާ ވަނީ ރިހެބިލިޓޭޝަން ސެޝަނެއް ފަށާފަ އެވެ.
ރަންބީރާއި ޝުރައްދާގެ މި ފިލްމަކީ ޑައިރެކްޓަރު ލަވް ރަންޖަންގެ ފިލްމެކެވެ. އަދި މިއީ މި ފިލްމަކީ ރަންބީރާއި ޝްރައްދާ އެކުގައި ކުޅޭ ފުރަތަމަ ފިލްމެވެ. ފިލްމް ކުރޫގައި ހިމެނޭ މީހަކާ ހަވާލާދީ ނޫސްތައް ބުނާ ގޮތުގައި ސެޓްގައި ރޯވެފައިވާ ތަނުން އަރަމުން ދިޔަ ބޯ ދުންގަނޑު ވަރަށް ދުރަށް ފެންނަން ހުއްޓެވެ. އަދި މުޅި އެ ހިސާބުގަނޑަށް ދުން ފެތުރި މުޅި ސަރަހައްދު އިރުގަނޑަކަށް ބަންދު ކުރަން ޖެހުނެވެ.
އަދި ނަމެއް ދީފައި ނުވާ މި ފިލްމުގެ މަންޒަރުތައް ސްޕޭނާއި އާއި މޮރިޝަސްގައި ވެސް ނަގައެވެ.