އާ ޕޭ ފްރޭމްވޯކަށް ހިޖުރަކުރާއިރު ޔުނިވާސިޓީތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ ވެސް ވަނީ ބޮޑުކޮށްފަ އެވެ. އެމުވައްޒަފުންނަށް މިމަހުން ފެށިގެން މިހާރު ލިބޭ މުސާރައަށްވުރެ 35 ޕަސެންޓްގެ ކުރިއެރުމެއް ލިބޭނެ އެވެ.
މަތީ ތައުލީމީ ދާއިރާގެ މުސާރައަށް ބޮޑުތަކުން ކުރިއެރުން ދީފައިވާއިރު، މިހިނގާ މާޗު މަހުގެ މުސާރަ ލިބޭނީ އާ ޕޭ ފްރޭމްވޯކުގެ ދަށުންނެވެ. ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ، އިސްލާމިކް ޔުނިވާސިޓީ އަދި ޕޮލިޓެކްނިކްގައި މަސައްކަތް ކުރާ 767 މުވައްޒަފުންގެ މުސާރައަށް ގެނެވުނު ބަދަލާއެކު ދައުލަތުގެ ބަޖެޓުން އަހަރަކު އިތުރު ގަޑިއާއި ޕެންޝަނާއެކު 113.4 މިލިއަން ރުފިޔާ ހަރަދުވާނެ އެވެ. އެހެނަސް މިއަހަރުގެ މިމަހުން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށް ހަރަދުވާނީ އިތުރު ގަޑިއާއި ޕެންޝަނާއެކު 94.5 މިލިއަން ރުފިޔާ އެވެ.
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެފައި ވަނީ މިއީ ދުނިޔޭގެ ފެންވަރުގައި ވާދަކޮށްލެވޭ ފެންވަރަށް އެކުލަވާލައިފައިވާ އޮނިގަނޑެއް ކަމަށެވެ. އާ ޕޭ ފްރޭމްވޯކަށް ހިޖުރަކޮށްފައި މިވަނީ 2023 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓްގައި ޕްލޭންކޮށްފައިވާ ގޮތަށް ކަމަށެވެ.
"ކުރިއަށްވުރެ ދައުލަތުގެ އާމްދަނީ އެތައް ގުނައެއް އިތުރުވެފަ މިވަނީ. އެއީ އަޅުގަނޑުމެން ގެނައި ބަދަލުތަކާ އެއްކޮށް ޓެކްސްގެ އާމްދަނީ، ނޮން ޓެކްސް އާމްދަނީ ހަމަ އެކި ގޮތްގޮތުން އަޅުގަނޑުމެންނަށް އިތުރުވެފަ މިވަނީ. އެހެންވީމާ ބަޖެޓް ޕްލޭނާ ދުރަކުން އަޅުގަނޑުމެން ކުރިއަށް ގެންދާ ކަންތައްތަކެއް ނޫން. ހަމަ 2023 ވަނަ އަހަރަށް މަޖިލީހުން ފާސްކުރުމާ އެއްގޮތަށް މިދަނީ،" އަމީރު ވިދާޅުވި އެވެ.
އާ ޕޭ ފްރޭމްވޯކަށް ހިޖުރަކުރާއިރު އެކިއެކި ރޭންކުތަކުގެ މުވައްޒަފުންގެ މުސާރައަށް ވަނީ އެކިވަރުގެ ބަދަލުތައް ގެނެސްފަ އެވެ. ހުރިހާ ޕްރޮފެޝަނެއްގެ މުވައްޒަފުންގެ މުސާރަ އެއްހަމަ ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާއިރު، ގިންތި ކުރާގޮތުން މިހާރަށްވުރެ މުސާރަ ދަށް ނުވާނެ ކަމުގެ ޔަގީންކަން އަމީރު ދެއްވި އެވެ.
މިހާރު ގެނެސްފައިވާ ބަދަލުގައި އިތުރު ގަޑީގެ ފައިސާ ހިމަނާފައެއް ނުވެ އެވެ. އެހެންކަމުން އަލަށް ކަނޑައެޅި މުސާރައިގެ އިތުރުން އިތުރުގަޑީގެ ފައިސާ ވެސް ހިމެނޭ އެވެ.
މީގެ އިތުރުން ޔުނިޔާސިޓީތަކުގެ ޑީނުންނަށް ސްޓޫޑެންޓް އެންރޯލްމެންޓް އެލޮވެސެއް ވެސް ލިބޭނެ އެވެ. މި އެލޮވެންސް ކަނޑައަޅާނީ އެ ސެންޓަރެއްގައި ކިޔަވާ ދަރިވަރުންނަށް ބަލައިގެންނެވެ. މީގެ ކުރިން ޓީޗަރުންގެ މުސާރަ ބޮޑުކުރިއިރު ވެސް ސްކޫލުތަކުގައި ކިޔަވާ ދަރިވަރުންގެ ނިސްބަތަށް ބަލައި ޕްރިންސިޕަލުންނަށް މި އެލޮވެންސް ކަނޑައަޅާފައިވެ އެވެ.
މޯލްޑިވްސް ޕޮލިޓެކްނިކްގައި މަސައްކަތް ކުރާ މުވައްޒަރުންގެ މުސާރަ ކުޑަވެ އެތަނުގައި ފުލްޓައިމް ލެކްޗަރަރުން ވަރަށް މަދެވެ. އެތަނުގައި ވޮކޭޝަނަލް އެޑިއުކޭޝަން ޕްރޮފެޝަނަލުން މަދުވުމުގެ ސަބަބުން ދަރިވަރުންނަށް ކިޔަވައިދޭން ގިނައިން ތިބެނީ ޕާޓްޓައިމް ލެކްޗަރަރުންނެވެ. އެކަމަކު މުސާރައަށް ގެނައި ބަދަލާއެކު ފުލްޓައިމް ލެކްޗަރަރުން ވަޒީފާއަށް އެދޭ މިންވަރު ގިނަވާނެ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވެފައިވެ އެވެ. އެ ފަރާތްތަކުގެ މުސާރައަށް ގެނައި ބަދަލަކީ؛
އާ ޕޭ ފްރޭމްވޯކަށް ހިޖުރަކުރާއިރު ޔުނިވާސިޓީތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ ވެސް ވަނީ ބޮޑުކޮށްފަ އެވެ. އެމުވައްޒަފުންނަށް މިމަހުން ފެށިގެން މިހާރު ލިބޭ މުސާރައަށްވުރެ 35 ޕަސެންޓްގެ ކުރިއެރުމެއް ލިބޭނެ އެވެ.
މީގެ ކުރިން، ތައުލީމީ ދާއިރާގެ މުސާރަ ބޮޑުކުރުމުން މަތީ ތައުލީމީ ދާއިރާގެ މުވައްޒަފުން އިހުތިޖާޖު ވެސް ކުރި އެވެ. މިއައި ބަދަލާއެކު އެ މުވައްޒަފުންނަށް މުސާރައިގެ ރަގަޅު ކުރިއެރުމެއް ލިބިފައިވާ ކަމަށް ސަރުކާރުން ގަބޫލުކުރެ އެވެ.