ރޮހިންޔާ ރެފިއުޖީ ކޭމްޕްގައި ރޯވެ 12,000 މީހުން މަގުމަތިވެއްޖެ

މީގެ ކުރީން 2021 ވަނަ އަހަރާއި 2022 ވަނަ އަހަރު ވެސް ރެފިޔުޖީ ކޭމްޕުތަކުގައި 222 އަލިފާނުގެ ހާދިސާ ހިނގި އެވެ. 2021 ވަނަ އަހަރުގެ އަލިފާނުގެ ހާދިސާއެއްގައި 15 މީހުން ވަނީ މަރުވި އެވެ.

ރޮހިންޔާ މުސްލިމުންގެ ރެފިއުޖީ ކޭމްޕްގެ ބައެއްގައި ރޯވި އަނދަނީ: މިއީ ދުނިޔޭގައިވާ އެންމެ ބޮޑު މިފަދަ ކޭމްޕް

އަނިޔާކޮށް ބިރު ދައްކައި އަމިއްލަ ވަޒަން، މިއަންމާއިން "ފައްސައި ބޭރުކޮށްލި" ރޮހިންޔާ މުސްލިމުންގެ ބޮޑު އާބާދީއެއް ބަންގްލަދޭޝްގެ އިރުދެކުނުގައި ދިރިއުޅޭ ރެފިޔުޖީ މައި ކޭމްޕެއްގައި އަނެއްކާވެސް އަލިފާން ރޯވެ ގިނަ އަދަދެއްގެ ބަޔަކު ގެދޮރު ގެއްލިއްޖެ އެވެ. 

ލޯކަލް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު މަހުފޫޒުލް ރޮއިޓާސް އަށް ވިދާޅުވީ މި ބޮޑު އަލިފާނުގައި އެއްވެސް މީހަކު މަރުވި ކަމުގެ ރިޕޯޓެއް އަދި ނެތް ކަމަށެވެ. 

އޭނާ އަދި ވިދާޅުވީ ރޮހިންޔާ ރެފިޔުޖީ ކޭމްޕުތަކުގައި އަލިފާނުގެ ހާދިސާތައް ހިނގުމަކީ ދޭތެރެ ދޭރެއިން ހިނގާ ކަމަށާއި އެކަމަކު މިފަހަރުގެ އަލިފާނަކީ ވަރަށް ބޮޑަށް ފެތުރުނު އަލިފާނަކަށްވި ކަމަށެވެ. ފަޔާ ފައިޓަރުންނާއި ލޯކަލް ފަޔާ ސާވިސަސް އަށް ތަމްރީނު ލިބިފައިވާ ރޮހިންޔާ ރެފިއުޖީ ވޮލަންޓިއަރުން އެކުވެ އަލިފާންގަނޑު ކޮންޓްރޯލް ކޮށްފައިވި ނަމަވެސް މިއީ ވަރަށް ބިރުވެރި ބޮޑު އަލިފާނެއް ކަމަށެވެ. 
 
ރޮހިންޔާ ދަރިކޮޅުގެ މިލިޔަނަކަށްވުރެ ގިނަ ރެފިޔުޖީން ދިރިއުޅޭ ދުނިޔޭގައިވާ އެންމެ ބޮޑު ރެފިއުޖީ ކޭމްޕުން ބޮޑު ބައެއްގައި އަލިފާން ރޯވުމުގެ ސަބަބުން 2,000 އަށްވުރެ ހިޔާ އަނދައި 12,000 އަށްވުރެ ގިނަ ރެފިޔުޖީން، އޮނާއި ސަތަރި ބޭނުން ކޮށްގެން ބިނާކޮށްފައިވާ ވަގުތީ ހިޔާވަހިކަން ގެއްލި މަގުމަތިވެފައި ވެއެވެ.

ރޮހިންޔާ މުސްލިމުންގެ ރެފިއުޖީ ކޭމްޕްގެ ބައެއްގައި ރޯވި އަނދާއިރު މީހުން ސަލާމަތްވާން ދުވަނީ: އެއްވެސް މީހަކު މަރުވި ކަމުގެ ރިޕޯޓެއް ނެތް

ބަންގްލަދޭޝްގެ ރެފިޔުޖީންނާ ބެހޭ ސަފީރު މިޖާނޫރް ރަޙްމާން ވިދާޅުވީ މި ހާދިސާގައި 35 މިސްކިތަކާއި ރޮހިންޔާ ކުޑަކުދިންނަށް ތަޢުލީމު އުނގަންނައިދިނުމަށް ބޭނުން ކުރަމުން އައި 21 މަރުކަޒެއް ވެސް ވަނީ އަނދާ ހުލިވެފައިވާ ކަމަށާއި ގިނަ އަދަދެއްގެ ފިހާރަތަކުގައި ރޯވެ މުދާ ވެސް އެކަށް އަނދައިގެން ގޮސްފައިވާ ކަމަށެވެ. 

ކޭމްޕުގައި ރޯވީ ކޮން ސަބަބަކާ ހުރެކަން ވެސް އަދި ސާފު ނުކުރެވޭ ކަމަށް ވެސް ރަހުމާން ވިދާޅުވި އެވެ. 

މީގެ ކުރީން 2021 ވަނަ އަހަރާއި 2022 ވަނަ އަހަރު ވެސް ރެފިޔުޖީ ކޭމްޕުތަކުގައި 222 އަލިފާނުގެ ހާދިސާ ހިނގި އެވެ. 2021 ވަނަ އަހަރުގެ އަލިފާނުގެ ހާދިސާއެއްގައި 15 މީހުން ވަނީ މަރުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.