ވެންޓިލޭޓަރު މައްސަލާގައި ފިނޭންސުން ގޯހެއް ނުހަދާ: އަމީރު

މިނިސްޓަރު ވިދާޅުވީ އެ މައްސަލައާ ގުޅިގެން ޕްރޮކިއުމަޓް ހަރުދަނާ ކުުރަން އޭސީސީން އެންގި ކަމަށާއި ސަމާލު ކަމަށް ގެނައި ކަންކަން ފުރިހަމަވެސް ކޮށްފައިވާ ކަމަށެވެ.

ވެންޓިލޭޓަރު ހިޔާނާތުގެ މައްސަލަ މިހާރު ވަނީ އާބިޓްރޭޝަނުގައި

ސަރުކާރުން އާބިޓިރޭޝަނަށް ހުށަހަޅާފައިވާ ކޮވިޑް ވެންޓިލޭޓަރުތަކުގެ މައްސަލާގައި ފިނޭންސްގެ މުވައްޒަފުންގެ އިހުމާލެއް ނެތް ކަމަށް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު މަޖިލީހުގައި ވިދާޅުވެއްޖެ އެވެ. 

މިނިސްޓަރު އެ ޖަވާބު ދެއްވީ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފު މަޖިލިސް ސުވާލު ވަގުތުގައި އަމާޒު ކުރެއްވި ސުވަލަކާ ގުޅިގެނެވެ. 

އަފީފުގެ ސީދާ ސުވާލަކީ ކޮވިޑްގެ ތެރޭގައި ވެންޓޓިލޭޓަރު ގަންނަން ސަރުކާރުން ދުބާއީގެ އެގްޒިކިއުޓާސް ޖެނެރަލް ޓްރޭޑިންއަށް 31 މިލިއަން ރުފިޔާ މާލިއްޔަތު ގާނޫނާ ހިލާފަށް ދޫކުރެއްވީ ކީއްވެތޯ އެވެ؟ އެކަމާ ފިނޭންސް މުވައްޒަފަށް އެޅި ފިޔަވަޅަކީ ކޮބައިތޯ އެވެ؟ 

މަޖިލީހުގައި މިނިސްޓަރު އަމީރު ވިދާޅުވީ އެކަން ބެލި އިރު ފިނޭންސް މިނިސްޓްރީ އުސޫލުތަކާއި ހިލާފަށް އެއްވެސް ކަމެއް ކޮށްފައެއް ނެތެވެ. އެފަދަ ކަމެއް ފާހަގައެއް ނުވެ އެވެ. އަދި އެކަމުގެ އެއްވެސް ތަހުގީގަކުން ފިނޭންސް މުވައްޒަފަކަށް ފިޔަވަޅު އަޅާން އަންގާފައި ނުވާ ކަމަށެވެ. އެހެން ނަމަވެސް މިނިސްޓަރު ވިދާޅުވީ އެ މައްސަލައާ ގުޅިގެން ޕްރޮކިއުމަޓް ހަރުދަނާ ކުުރަން އޭސީސީން އެންގި ކަމަށާއި ސަމާލު ކަމަށް ގެނައި ކަންކަން ފުރިހަމަވެސް ކޮށްފައިވާ ކަމަށެވެ.  

މަޖިލީހުގައި އަފީފް މިއަދު ވިދާޅުވީ ވެންޓިލޭޓަރުގެ ފައިސާ ޖަމާކުރަން އަމީރު ފުރަތަމަ އެންގެވީ އަމިއްލަ ފަރާތެއްގެ އެކައުންްޓަށްކަން އެނގިފައިވާ ކަމަށާއި ސިސްޓަމް ތެރެއިން އެގޮތަށް ނުކުރެވުމުން ކުންފުނީގެ އެކައުންޓަށް ފަހުން ޖަމާ ކުރީ ކަމަށެވެ. އެއާ ވިއްދައި އަމީރު ވިދާޅުވީ އެކަމުގައި މިނިސްޓްރީގެ އެއްވެސް މުވައްޒަފަކު ގާނޫނާ ހިލާފަށް އަމަލު ކުރިކަން އެނގިފައިނުވާ ކަމަށެވެ.  

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.