ޕިކްސެލް 6އޭ އުފައްދާފައި ވަނީ ވަރަށް ފާސްޓް ފިންގާޕްރިންޓް ސްކޭނާއަކާ އެކު އެވެ. ބެޓެރީގައި މައްސަލައެއް އުޅޭ ކަމަށް ބުނެވިފައި އޮތުމުން ފޯނު ގަތުން ލަސްކޮށްލަން ޖެހެ އެވެ. ފޯނުގެ އަގަކީ ވެސް ހިތް ނުތަނަވަސް ކުރުވާ ކަމެކެވެ. ވާދަވެރިންނަކީ ވެސް އޮތް ފުރުަސަތެކެވެ.
ގޫގުލް ޕިކްސެލް 6އޭ އާންމު ބާޒާރަށް ނެރެފި އެވެ. އެކަމަކު އާންމުކޮށް ގެންގުޅެން ދަތިތަކެއް ހުރި ކަމަށް ރިވިއުތައް ބުނެ އެވެ. މިއީ ސޮފްޓްވެއާ އަޕްޑޭޓަކުން ރަނގަލު ކުރެވިދާނެ ކަމަކަށް ވުރެ ބޮޑަށް ހާޑްވެއާގައި ހުރި މައްސަލައެއް ކަމަށް ވެސް ބައެއް ރިވިއުތައް ބުނެ އެވެ.
ޕިކްސެލް 6އޭ އަތު ތެރެއަށް ލައިގެން އުޅެން ފަރި ނަމަވެސް، ބެޓެރީ ހުލިވާލެއް މާ އަވަސް ކަމަށް ބުނެވެ އެވެ. އަދި ޗާޖު ކުރުން އެހާ ލަސް ކަމަށް ވެސް ފޯނު ބޭނުންކުރި މީހުން ބުނެ އެވެ.
ގޫގުލް ޕިކްސެލް ފޯނުތަކަކީ އާންމު ގޮތެއްގައި ފަރި ޗާލު ފޯނުތަކެކެވެ. އެހެން ނަމަވެސްަ ފޯނަށް ދިމާވާ ކޫސަނި މައްސަލަތަކުގެ ސަބަބުން ބޭނުން ކުރަން ދަތިތަކެއް ހުންނަނީ އެވެ. ޕިކްސެލް ފޯނުގައި މައްސަލައެއް އުޅޭ ކަމަށް ބުނެ ބޭނުންކުރާ މީހުން ޝަކުވާކުރި ނަމަވެސް ހައްލު ހޯދުމުގައި ގޫގުލުން އަބަދު ވެސް ފަހަތު ފަޔަށް ބުރަވެ އެވެ.
ޕިކްސެލް 6އޭ ތަންކޮޅެއް އަގުބޮޑު ކަމަށް ވެސް ބުނެވެ އެވެ. ޕިކްސެލް 6 ވިއްކަން ފެށިއިރު ހުރި އަގަށް ވުރެ 6އޭ އަގު ބޮޑުވުމަކީ ޕިކްސެލް ފޯނެއްގެ އިންތިޒާރުގައި ތިބި ބަޔަކަށް އިތުރު ތަކުލީފެއް ކަމަށް ވެސް ރިވިއުތައް ބުނެ އެވެ.
އެންޑްރޮއިޑް މާކެޓްގައި ވާދަވެރިންގެ ފިހާރަތަކުން ނުބައްދަލު ހެޔޮ އަގުގައި ފޯނުތައް ލިބެން ހުރިއިރު އަގު ބޮޑުވުމަކީ މައްސަލައެއް ގޮތުގައި ވަނީ ފާހަގަކޮށްފަ އެވެ. އެެހެން ނަމަވެސް ޕިކްސެލް ފޯނުތަކަށް ވަފާތެރި މީހުން ރުއްސުމަށް ގޫގުލުން ޕިކްސެލް 6އޭގެ އަގު ކޮންމެވެސް މުނާސަބަތަކާ ގުޅުވައިގެން ހެޔޮ ކުރުމަކީ ކޮށްފާނެ ކަމެކެވެ. މިއީ ގޫގުލުން މީގެ ކުރިން ވެސް އަލަމު ކޮށްފައިވާ ގޮތެކެވެ.
ފޯނު ރިވިއުތަށް މި ވަގުތަށް ނަސޭހަތްތެރި ވަނީ ޕިކްސެލް 6އޭ ނުގަނެ ދުވަސްކޮޅަކަށް މަޑުކުރުމަށެވެ. އެއީ ގޫގުލުން ސޮފްޓްވެއާ އަޕްޑޭޓެެއް ފޮނުވަން ދެނެވެ. އަދި އަގަށް ހެޔޮ ބަދަލެއް އަދޭތޯ ބަލަން މަޑު ކުރުމަކީ ވެސް އެދެވޭ ކަމެއް ކަމަށް ވަނީ ބުނެފަ އެވެ.
ސްމާޓްފޯން މާކެޓަށް އާންމުކޮށް ފޯނެއް އަލަށް ނެރޭއިރު ކުދިކުދި މައްސަލަތައް ހުރެ އެވެ. ޗާޖުވުން ލަސްވުމާއި ވަޔަލެސް ޗާޖު ނުވުމާއި އޯޑިއޯގައި މައްސަލަ އުޅުން ފަދަ ކޫސަނި ކަންތައްތައް ދިމާވެ އެވެ.
ބުއްދިވެރި ގޮތަކީ ފޯނުތައް ބާޒާރަށް ނެރެ އާންމު ވިޔަފާރީގައި އެނބުރި ގަންނަންދެން މަޑު ކުރުމެވެ. ސަޕްލައި ރަނގަޅު ވުމުން ވެސް ފޯނަށް އަދި ފޯނުގެ އަގަށް ހެޔޮ ބަދަލު އަންނާނެ އެވެ.