ހަށިވިއްކި މައްސަލައެއްގައި ފުވައްމުލަކުން ތިން މީހަކު ހައްޔަރުކޮށްފި

ހައްޔަރު ކޮށްފައިވަނީ ތައިލެންޑަށް ނިސްބަތްވާ 43 އަހަރުގެ އަންހެނަކާއި 36 އަހަރުގެ އަންހެނެއްގެ އިތުރުން 31 އަހަރުގެ ދިވެހި ފިރިހެެނެކެވެ.

ފުވައްމުލަކު ސިޓީ

ހަށިވިއްކި މައްސަލައެއްގައި ފުވައްމުލަކުން ތިން މީހަކު ހައްޔަރު ކޮށްފި އެވެ.

ދިވެހި ފުލުުހުންގެ ހިދުމަތުން ބުނި ގޮތުގައި ޏ. ފުވައްމުލަކުގައި ހިންގަމުންދާ ސްޕާއެއްގައި ހަށި ވިއްކަމުންދާ ކަމަށް ޕޮލިސް އިންޓެލިޖެންސްއަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ފުވައްމުލަކު ސިޓީ ޕޮލިހާއި ޕޮލިސް އިންޓެލިޖެންސް ގުޅިގެން އިއްޔެ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ. އެ އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން ތަނެއް ބަލައި ފާސްކޮށް ތިން މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ހައްޔަރު ކޮށްފައިވަނީ ތައިލެންޑަށް ނިސްބަތްވާ 43 އަހަރުގެ އަންހެނަކާއި 36 އަހަރުގެ އަންހެނެއްގެ އިތުރުން 31 އަހަރުގެ ދިވެހި ފިރިހެެނެކެވެ.

މި މައްސަލައިގެ އިތުރު ތަފްސީލް ނުދީ ފުލުހުން ބުނީ މައްސަލަ ދަނީ ފުވައްމުލަކު ސިޓީ ޕޮލިހާއި ހިއުމަންޓްރެފިކިން ޑިޕާރޓްމަންޓުން ތަހުގީގު ކުރަމުން ކަމަށެވެ.

ހަށިވިއްކި މައްސަލައެއްގައި ފުވައްމުލަކުން ތިން މީހަކު ހައްޔަރު ކުރިއިރު މިފަދަ މައްސަލަތައް ދަނީ އިތުރުވަމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.