ފޭކް ސްލިޕް ފޮނުވި ބަޔަކާއި ފޯނެއް ވަގަށް ނެގި މީހަކު ހޯދަނީ

ފޭރުމާއި މަކަރާއި ހީލަތް ހަދައިގެން ފައިސާ މީހުންގެ އަތުން ފޭރުން ރާއްޖޭގައި. ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އަކަންކަން ހުއްޓުވޭ ގޮތެއް ނުވެ އެވެ.

ފޭކް ސްލިޕް ފޮނުވި ތިން މީހުންގެ ތެރެއިން ދެ މީހެއް

ފޯނެއް ސާވިސް ކުރުމަށް ފަހު އަގު އަދާ ކުރިކަން ދައްކަން ފޭކް ޓްރާންސްފާ ސްލިޕެއް ފޮނުވި އަންހެނަކާއި ދެ ފިރިހެނަކު ހޯދަން ފުލުހުން އިއުލާން ކޮށްފި އެވެ. 

ފުލުހުން ވީޑިއޯއެއް އާންމު ކުރުމަށް ފަހު ބުނީ އެ ވީޑިއޯއިން ފެންނަ ތިން މީހުންނަކީ މާލޭ އަޅިވިލާ މަގުގައި ހިންގާ "ފްރީޑަމް މޯބައިލް ސާވިސް" އިން ސާވިސްކުރި ފޯނަކަށް އަގު އަދާ ކުރުމުގެ ގޮތުން ސައްހަ ނޫން ޓްރާންސްފާ ސްލިޕެއް ފޮނުވި ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ހޯދަން ބޭނުންވެ، ކޮން ބައެއްކަން ދެނެގަނެވިފައިނުވާތީ ހޯދިފައި ނުވާ ބައެއް ކަމަށެވެ.

އާންމު ކުރި ވީޑިއޯ އިން ފުރަތަމަ ފެންނަނީ މާސްކެއް އަޅައިގެން ހުންނަ އަންހެނަކާއި ފިރިހެނަކު އަތުގައި ހިފައިގެން ހިނގާފައިދާ ތަނެވެ.  ދެވަނަ ފިރިހެނަކު ވެސް އެ ވީޑިއޯގައި ދައްކަ އެވެ.

ފޯނު ވަގަށް ނެގި ކަމަށް ތުހުމަތުވާ މީހާ

މީގެ އިތުރުން މިދިއަ ޖެނުއަރީ މަހުގެ ހަތަރު ވަނަ ދުވަހު މާފަންނު ކުއްޅަވަށްގޯޅި ތެރޭގައި ޕާކްކޮށްފައި ހުރި ސައިކަލެއްގެ ކުރީ ޕޮކެޓްގައި ބޭއްވިފައި އޮތް ފޯނެއް ވަގަށް ނަގާފައިވާކަމަށް ތުހުމަތުވާ މީހެއްގެ ވީޑިއޯ ވެސް އާންމު ކޮށްފައި ވެއެވެ. އެ މީހާ ވެސް ހޯދަނީ އެއީ ކާކުކަން ދެނެ ނުގެނެވިގެނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.