އިންޑިއާގެ ލައިން އޮފް ކްރެޑިން - ލޯނުން 17 މިލިއަން ޑޮލަރު ހަރަދު ކޮށްގެން ހިންގާ މަޝްރޫއުގެ އެއްބަސްވުމުގައި މިއަދު ސޮއިކުރީ މާލޭގެ މީރުމާ ބިލްޑިންގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
ރާއްޖޭގެ ދެކުނު މައި ދޮރާށި ކަމަށްވާ ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރަން 17 މިލިއަން ޑޮލަރު (272.2 މިލިއަން ރުފިޔާ) އަށް އިންޑިއާގެ ރެނާޓަސް ކުންފުންޏަށް ދީފި އެވެ.
އިންޑިއާގެ ލައިން އޮފް ކްރެޑިން - ލޯނުން 17 މިލިއަން ޑޮލަރު ހަރަދު ކޮށްގެން ހިންގާ މަޝްރޫއުގެ އެއްބަސްވުމުގައި މިއަދު ސޮއިކުރީ މާލޭގެ މީރުމާ ބިލްޑިންގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މި ރަސްމިއްޔާތުގައި އައްޑޫ ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ އެމްޑީ ގައިސް ނަސީރު އެވެ. އަދި ރެނާޓަސްގެ ފަރާތުން ސޮއިކުރެއްވީ ޗެއާމަން ސެލްވަ ސިންދްރަމް އެވެ.
ރާއްޖޭގައި މިހާރު ވެސް ފްލެޓު އެޅުމުގެ މަސައްކަތް ކުރަމުން ގެންދާ އަދި ފުރަތަމަ އައިޖީއެމްއެޗް އިމާރާތުގެ ރެނޮވޭޝަން މަސައްކަތެއް ކުރަން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖެ ފޭބި ރެނާޓަސް ކުންފުންޏަށް ގަން އެއާޕޯޓް މަޝްރޫއު ހަވާލު ކޮށްފައި ވަނީ އިންޑިއާގައި ކުރިއަށް ގެންދިޔަ ބިޑު މަރުހަލާގައި ހަތް ފަރާތަކާ ވާދަ ކޮށްގެންނެވެ.
އިންޑިއާ އިން ލޯނު ނަގައިގެން ހަނިމާދޫ އިންޓަނޭޝަނަލް ތަރައްގީ ކުރުމުގެ މަޝްރޫއެއް ވެސް ސަރުކާރުން ކުރި އަށް އެބަގެން ދެ އެވެ. މި މަޝްރޫއުގެ ދަށުން 136 މިލިއަން ޑޮލަރުގެ ލޯނެއްގެ ދަށުން ހިންގާ މަޝްރޫއުގައި 2.24 ކިލޯމީޓަރުގެ ރަންޥޭއެއް އަޅަ އެވެ.މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ، މި މަހުގެ 18 ވަނަ ދުވަހު އެވެ. އެ މަސައްކަތުގެ އެއްބަސް ވުމުގައި ސޮއި ކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.