ކަނޑު ދަތުރުގެ ބޮޑު އިވެންޓް މެރިން އެކްސްޕޯ: ފަށަން 10 ދުވަސް

"މި" ނޫސް މީޑިއާ ޕާޓްނަރެއްގެ ގޮތުގައި ހަރަކާތްތެރިވާ ކަނޑުދަތުރުގެ އެންމެ ބޮޑު އިވެންޓް ކަމަށްވާ މޯލްޑިވްސް މެރިން އެކްސްޕޯ ފެށެން ބާކީ އޮތީ 10 ދުވަހެވެ.

ކުރިން ބޭއްވި މެރިން އެކްސްޕޯގައި ކުރި ބޯޓިން އެސޯސިއޭޝަންގެ ސްޓޯލުގައި ރައީސް ސޯލިހު އަދި ބޯޓިން އެސޯސިއޭޝަންގެ ރައީސް ހައިރައިޒް އިއްސެ

"މި" ނޫސް މީޑިއާ ޕާޓްނަރެއްގެ ގޮތުގައި ހަރަކާތްތެރިވާ ކަނޑުދަތުރުގެ އެންމެ ބޮޑު އިވެންޓް ކަމަށްވާ މޯލްޑިވްސް މެރިން އެކްސްޕޯ ފެށެން ބާކީ އޮތީ 10 ދުވަހެވެ. 

ދިވެހި ކުންފުންޏެއް ކަމަށްވާ މީޑިއަމް ޕްރައިވެޓް ލިމިޓެޑުން އިންތިޒާމުކުރާ މެރިން އެކްސްޕޯ އޮންނާނީ މިމަހުގެ 15 އިން 18 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގަ އެވެ. ބޮޑު މި ފެއާއަކީ ރާއްޖޭގެ ގައުމީ ބޯޓިން އެސޯސިއޭޝަން (އެންބީއެމް) ގެ ރަސްމީ ފެއާ އެވެ. މިއީ ފެއާ ބާއްވާ އަށް ވަނަ އަހަރެވެ. 

  •  މެރިން އެކްސްޕޯ އޮންނާނީ އަންނަ މަހު
  •  މިއީ ކަނޑު ދަތުރުފަތުރުގެ ހިދުމަތުގެ އެންމެ ބޮޑު ފެއާ
  •  ހުޅުމާލެ ސެންޓްރަލް ޕާކް: މާޗް 15 އިން 18 އަށް
  •  ކޮންމެ ދުވަހަކު ހަވީރު 3:00 އިން ރޭގަނޑު 11:00 އަށް

މި ފެއާގެ މެއިން ސްޕޮންސާއަކީ އެމްޓީސީސީ އެވެ. ކޯސްޕޮންސަރަކީ ރާއްޖޭގައި ބޯޓު ބިލްޑިންގައި ހަރަކާތްތެރިވާ ކުންފުންޏެއް ކަމަށްވާ ގަލްފް ކްރާފްޓެވެ. އޮފިޝަލް ހޮސްޓަކީ އެޗްޑީސީ އެވެ.

މި އަހަރު ބާއްވާ މެރިން އެކްސްޕޯ ފެއާގެ ސަޕޯޓިން ޕާޓްނަރުންގެ ގޮތުގައި ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އާއި ސަރުކާރު ކުންފުނި ބީސީސީ އަދި މަޓާޓޯ އާއި އެސްއެމްއީ އެންޓްރަޕައިސް ފެޑަރޭޝަން އަދި މަޓީ ވެސް ހިމެނެ އެވެ. އަދި މި އަހަރުގެ އެކްސްޕޯގައި އޭޝިއާގެ ޑައިވިން އެކްސްޕާޓް، "އެޑެކްސް މޯލްޑިވްސް" އިން ފުރަތަމަ ފަހަރަށް އެމީހުންގެ އެގްޒިބިޝަން ބޭއްވުމަށް ބެސް ވަނީ ހަމަޖައްސާފަ އެވެ.  "އޭޝިއަން ޑައިވް އެކްސްޕޯ" އަކީ އޭޝިއާ ސަރަހައްދުގައި އެންމެ ބޮޑު ޑައިވް ފެއާ ބާއްވާ ބްރޭންޑެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.