ޝައުގުވެރިވާ ޑޮކްޓަރުން އަންނަ މާރިޗް ހަ ވަނަ ދުވަހާ ހަމައަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ހުށަހެޅޭނެ އެވެ.
އައްޑު އަތޮޅު ހިތަދޫގައި ހިންގާ އިކްއެޓޯރިއަލް ހޮސްޕިޓަލްގެ ސްޕެޝިލިސްޓް ޑޮކްޓަރުންގެ މަގާމްތަކަށް ދިވެހިން ހޯދަން އިއުލާނެއް ކޮށްފިއެވެ.
އެކި ދާއިރާތަކުން އެ ހޮސްޕިޓަލަށް ހޯދަނީ 29 ދިވެހި ޑޮކްޓަރުންނެވެ. އަދި އެއީ ދާއިމީ ޑޮކްޓަރުންނެވެ.
އެ މީހުނަށް 25،000ރ އާއި 55،000ރ ލިބޭއިރު ސާވިސް އެލަވެންސްގެ ގޮތުގައި 12،000ރ އަށް ވުރެ ބޮޑު އަދަދަކާއި އެހެން އިނާޔަތްތައް ދޭނެ އެވެ. އަދި ޝައުގުވެރިވާ ޑޮކްޓަރުން އަންނަ މާރިޗް ހަ ވަނަ ދުވަހާ ހަމައަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ހުށަހެޅޭނެ އެވެ.