އެންބީއޭއެމް ރައީސް ދުނިޔޭގެ ޔޮޓިން ކޮންފަރެންސަކަށް

ރާއްްޖޭގެ ބޯޓިން ޖަމިއްޔާގެ ރައީސް ބައިވެރިވަޑައި ގަންނަވަނީ ދުނިޔޭގެ އެންމެ ބޮޑު ޔޮޓް ފެއާގައި އޮންނަ ޕެނަލްއެއްގަ އެވެ.

ބޯޓިން އެސޯސިއޭޝަންގެ ރައީސް އިސްލާއިލް ހަމީދު -- މިހާރު ނޫހުގެ ފޮޓޯއެއް

ގައުމީ ބޯޓިން ޖަމިއްޔާ، ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) ދުނިޔޭގެ ބޮޑު ޔޮޓިން ކޮންފަރެންސެއްގެ ޕެނަލިސްޓަކަށް ހަމަޖައްސައިފި އެވެ. 

ދުބާއީގައި މިއަދު ފަށާ ދުބާއީ އިންޓަނޭޝަނަލް ބޯޓް ޝޯގައި އޮންނަ މިޑުލްއީސްޓް ޔޮޓިން ކޮންފަރެންސުގެ ޕެނަލިސްޓެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ އެ ޖަމިއްޔާގެ ރައީސް އިސްލާއިލް ހަމީދު (ހައިރައިޒް އިއްސެ) އެވެ. 

އޭނާ ބައިވެރިވަޑައިގަންނަވާ ޔޮޓިން ކޮންފަރެންސަކީ ދުނިޔޭގެ ބޯޓިން ދާއިރާގެ އެންމެ ބޮޑެތި ފަރާތްތަކުން ބައިރިވާ ކޮންފަރެންސެވެ. މި އަހަރުގެ ކޮންފަރެންސުގައި ވެސް މި ދާއިރާގެ މަޝްހޫރު ގިނަ ފަރާތްތަކުން ބައިރިވެފައިވެ އެވެ. 

  • 1.އިސްމާއިލް ހަމީދު -- ރާއްޖޭގެ ބޯޓިން އެސޯސިއޭޝަން
  • 2.ނިގަލް ބެއްޓީ -- އޭޝިއާ ޕެސިފިކް ޔޮޓް އެސޯސިއޭޝަން ޗެއާމަން
  • 3.ޑޭބިޓް ގުޑް -- އޮސްޓޭލިއާ މެރިން އެކްސްޕޯޓް ގްރޫޕް
  • 4.ސަމީއުލް ބްރުކް -- މެނޭޖިން އެޑިޓާ ރިއަލް ފިޝަން
ދުބާއީ ބޯޓް ޝޯއަކީ - ދުބާއީ އިންޓަނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮންނާނީ މި މަހުގެ އެކަކުން ފަހެއްގެ ނިޔަލަށެވެ. މި އިވެންޓަކީ 4.3 ޓްރިލިއަން ޑޮލަރުގެ ދާއިރާ އެކެވެ. މި ފެއާއަށް 30،000 އަށްވުރެ ގިނަ މީހުން ދާނެ ކަމަށް ބެލެވެ އެވެ. މި ފެއާއަށް 800 އަށްވުރެ ގިނަ ބްރޭންޑު ބައިވެރިވެ އެވެ. އަދި 150 އަށްވުގިނަ ބޯޓު ޑިސްޕްލޭ ކުރާނެ އެވެ.

އެންބީއޭއެމްއަކީ ރާއްޖޭގެ ސަފާރީ ހިދުމަތްދޭ ފަރާތްތަކުގެ ޖަމިއްޔާ އެވެ. އެ ޖަމިއްޔާ އުފެދިފައި ވަނީ 2017 ވަނަ އަހަރު އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.