މެރިން އެކްސްޕޯއިން މިފަހަރު: އޮޑިއެއް ބަނދެ ބެލެހެއްޓުމުގެ ހުރިހާ ކަމެއް

މޯލްޑިވްސް މެރިން އެކްސްޕޯގެ މި އަހަރުގެ އެޑިޝަންގެ އެއް މީޑިއާ ޕާޓްނަރަކީ މިދިއަ އަހަރު މެދުތެރޭގައި އުފައްދާ އެ އަހަރު ފަހުކޮޅު އެސްޓަބްލިޝްވެ އާންމުންގެ މަގުބޫލުކަން ހޯދާފައިވާ އޮންލަން ނޫސް "މި" އެވެ.

މެރިން އެކްސްޕޯގެ މެއިން ސްޕޮންސަރު އެމްޓީސީސީއާއެކު ސޮއި ކުރަނީ
  • މެރިން އެކްސްޕޯގެ މީޑިއާ ޕާޓްނަރަކީ "މި" ނޫސް

އޮޑިއެއް ބަންނަން ހިޔާލު ކުރުމުން ފެށިގެން ގޮސް، ބަނދެ ނިމުމާ ހަމައަށް ބޭނުން ވާނެ ހުރިހާ ކަމެއްގެ ހުރިހާ މައުލޫމާތު މޯލްޑިވްސް މެރިން އެކްސްޕޯއިން މިފަހަރު ލިބޭނެ ކަމަށް އެ އެކްސްޕޯ އިންތިޒާމް ކުރާ ފަރާތުން ކަށަވަރުކޮށް ދެ އެވެ. 

އެ އެކްސްޕޯގެ ބައެއް ޕާޓްނަރުންނާއެކު ސޮއި ކުރުމާއެކު އެންމެ ފަހުގެ މައުލޫމާތުތައް ދިނުމަށް މާގިރި ހޮޓެލްގައި ބޭއްވި ބައްދަލުވުމުގައި އިވެންޓުގެ މެނޭޖަރު ޝާމް މުހައްމަދު ވިދާޅުވީ އެހެން އަހަރުތައްވެސް ފަދައިން މިއަހަރު ވެސް އެ މައުރަޒަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ. އަދި ވިޔަފާރިތަކަށް ދޫކުރަން ހަމަޖައްސާފައިވާ 160 ސްޓޯލް މިހާރު އެއްކޮށް ފުރިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، މީގެ ކުރިން ކާމިޔާބު ހަތް އެޑިޝަނެއް ބާއްވާފައިވާ މެރިން އެކްސްޕޯގެ މިއަހަރުގެ އިވެންޓުން ވެސް ތަފާތު އެތައް ކަމެއް ފެންނާނެ އެވެ.

"މުޅި މެރިން އިންޑަސްޓްރީ ކަވަރު ވާގޮތަށް ހަތަރު އޭރިއާއަށް ފޯކަސް ކޮށްގެން އަޅުގަނޑުމެން މި ކުރިއަށް ގެންދަނީ" އޭނާ ވިދާޅުވި އެވެ.

މި އެކްސްޕޯގައި އައުޓްޑޯ އޭރިއާއަކާއި ޓްރޭޑް އޭރިއާއެއްގެ އިތުރުން ޑައިވިން އިންޑަސްޓްރީއަށް ހާއްސަ ކޮށްގެން އޭޝިއަން ޑައިވް އެކްސްޕޯގެ ފުރަތަމަ ޗެޕްޓާ ވެސް ކުރިއަށް ގެންދަން ވަނީ ހަމަޖައްސާފަ އެވެ.

ސޮއިކުރި މެރިން އެކްސްޕޯގެ ޕާޓްނަރުން

  •  އެލައިޑް އިންޝޫރެންސް
  •  ދަ ފައިން ގްރޫޕް
  •  ކްލީން ޓެކް
  •  އޮފިޝަލް އިވެންޓްސް
  •  އަސަރީ ސާވިސަސް

ބައްދަލުވުމުގައި އެ އެކްސްޕޯގެ މެއިން ސްޕޮންސާ، އެމްޓީސީސީގެ ސީނިއާ މެނޭޖަރު، ޖިނާ އަހްމަދު ނަޖީބު ވެސް ބައިވެރިވެ ވަޑައިގަތެވެ. އޭނާ ވިދާޅުވީ މިއަހަރު ވެސް އެ ކުންފުނީގެ ސްޓޯލުން، އިންޑަސްޓްރީގައި އެ ކުންފުނިން ދެމުން އަންނަ އެކި ޚިދުމަތްތަކުގެ މައުލޫމާތު ލިބޭނެ ކަމަށެވެ. 

ހާއްސަކޮށް އެ ކުންފުނީގައި ހުރި ވަޒީފާގެ ފުރުސަތުތަކާ ބެހޭ މައުލޫމާތު ލިބޭނެ ކަން އޭނާ ފާހަގަ ކުރެއްވި އެވެ. މި ފަހަރުގެ އެކްސްޕޯގައި އެ ކުންފުނިން މުޅިން އާ އުފެއްދުންތަކެއް ބާޒާރަށް ނެރެ ދޭން ވެސް ވަނީ ހަމަޖައްސާފަ އެވެ.

  •  މިއީ ކަނޑު ދަތުރުފަތުރުގެ ހިދުމަތުގެ އެންމެ ބޮޑު ފެއާ
  •  ހުޅުމާލެ ސެންޓްރަލް ޕާކް: މާޗް 15 އިން 18 އަށް
  •  ކޮންމެ ދުވަހަކު ހަވީރު 3:00 އިން ރޭގަނޑު 11:00 އަށް
މެރިން އެކްސްޕޯގެ އެއް މީޑިއާ ޕާޓްނާ - މޯލްޑިވްސް މެރިން އެކްސްޕޯގެ މި އަހަރުގެ އެޑިޝަންގެ އެއް މީޑިއާ ޕާޓްނަރަކީ މިދިއަ އަހަރު މެދުތެރޭގައި އުފައްދާ އެ އަހަރު ފަހުކޮޅު އެސްޓަބްލިޝްވެ އާންމުންގެ މަގުބޫލުކަން ހޯދާފައިވާ އޮންލަން ނޫސް "މި" އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.