ފުލުހުން ޓޭޒާ ބަޑި ބޭނުން ކުރަން ފަށައިފި

ފުލުހުން މި ބަޑި ނަގާ ހިސާބުން ފެށިގެން ބޮޑީކެމް އިން ލައިވް ފީޑް ދޫކުރަން ފަށާނެ އެވެ. އެ އޮފިސަރުގެ ނަމާއި ސާވިސް ނަންބަރު މި ލައިވް ފީޑުން އެނގޭނެ އެވެ.

ފުލުހަކު ޓޭޒާ ބަޑިއެއް ހިފައިގެން: މިހާރު ވަނީ ބަޑި ބޭނުން ކުރަން ފަށާފައި -- މި

ކަރަންޓު ޝޮކެއް ދީގެން މީހުން ހުއްޓުވާ، ޓޭޒާ ބަޑި ފުލުހުން ބޭނުން ކުރަން ފަށައިފި އެވެ.

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުލުހުން މިއަދު ޓޭޒާ ބަޑި ބޭނުން ކުރަން ފަށާފައިވާ ކަމަށެވެ. ބަޑި ބޭނުން ކުރަން ފަށާނީ ސާޖެންޓު އަދި އެއަށްވުރެ މަތީ ރޭންކުތަކުގެ ފުލުހުންގެ ތެރެއިން އެކަމަށް ހާއްސަ ތަމްރީނު ލިބިފައިވާ ފުލުހުންނެވެ.

ފުލުހުން ވަނީ މީގެ ކުރިން އެ ބަޑި ބޭނުން ކުރާނެ ޑެމޯއެއް ދައްކާލައިފަ އެވެ. އެގޮތުން ކޮޅުގައި ކައްޓެއް އިންނަ ކުޑަ ނަރުކޮޅެއް ފަދަ އެއްޗެއް ޓޭޒާ ބަޑިން ދޫކޮށްލުމުން މީހާގެ ގަޔަށް ހެރި، ފަސް ސިކުންތުގެ ޝޮކެއް ޖެހެ އެވެ. ގަޔަށް ހެރޭ ވަގުތު ބައެއް މީހުން ބިން މައްޗަށް ވެއްޓި ވެސް ދާނެ އެވެ.

އެފަދަ މީހަކަށް ފަރުވާ ދޭން ޖެހޭ ހާލަތެއް އަދުވެދާނެ ކަމަށް ބަލައި، ފުލުހުން ތިބޭނީ އެކަމަށް ވެސް ތަމްރީނު ކޮށްފަ އެވެ. ބަޑި ބޭނުން ކުރުމަށް ފަސް ދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރަން ޖެހެ އެވެ.

  •  ބަޑި ބޭނުން ކުރާނީ މީހާ އާއި ހަތަރު ފުޓޫ ދުރުން
  •  ބަޑީގެ ރޭންޖު 25 ފޫޓާ ހަމައަށް ހުންނާނެ
  •  މީހުން ހައްޔަރު ކުރަން މިގޮތް ފަސޭހަވެފައި މީހާއަށް ލިބޭ ގެއްލުން ކުޑަ

ފުލުހުން މި ބަޑި ނަގާ ހިސާބުން ފެށިގެން ބޮޑީކެމް އިން ލައިވް ފީޑް ދޫކުރަން ފަށާނެ އެވެ. އެ އޮފިސަރުގެ ނަމާއި ސާވިސް ނަންބަރު މި ލައިވް ފީޑުން އެނގޭނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.