ބޮޑުވަޒީރު ކަމަށް އަނެއްކާވެސް ރާޖަޕަކްސާ ގެންނަނީ

ތިން ދައުރެއްގައި ކުރީން ވެސް ބޮޑުވަޒީރުކަން ކުރައްވާފައިވާ ރާޖަޕަކްސަ އަލުން ބޮޑުވަޒީރު ކަމަށް ގެނައުމަށް މަގު ފަހި ކުރަމުން އަންނަ އިރު ގުނަރުވަދަނާ ލަންކާގެ ބޮޑުވަޒީރަކަށް އައްޔަންކުރީ މިދިޔަ އަހަރުހެ ޖުލައިގަ އެވެ.

މަހިންދަ ރާޖަޕަކްސަ: އަލުން ބޮޑު ވަޒީރު ކަމަށް ވަޑައިގަތުމަށް ގެންދަވަނީ މަސައްކަތް ކުރައްވަމުން

ސްރީ ލަންކާގެ ބޮޑުވަޒީރުގެ މަގާމަށް އަނެއްކާވެސް އުމުރުފުޅުން 77 އަހަރުގެ މަހިންދަ ރާޖަޕަކްސާ ވަޑައިގަތުމަށް މަގު ފަހި ކުރުމުގެ މަސައްކަތް ޕާޓީގެ ތެރެއިން ފަށައިފި އެވެ. 

ލަންކާގެ ނޫސްތައް ބުނާ ގޮތުގައި ކުރީން ލަންކާގެ ރައީސް ކަން ކުރެއްވި ވަރުގަދަ ލީޑަރު މަހިންދަ ރާޖަޕަކްސާ އަލުން ބޮޑުވަޒީރު ކަމުގެ މަގާމަށް ގެނައުމަށް ބާރު އަޅަނީ އެ މަނިކުފާނުގެ ޕާޓީ، ސްރީ ލަންކާ ޕޮޑުޖާނާ ޕެރަމޫނާ (އެސްއެލްޕީޕީ) އިންނެވެ. ދެން އެ މަނިކުފާނާއެކު ސިޔާސީ މަސައްކަތުގައި އުޅުއްވި ވިޔަފާރިވެރިންނާއި ނަގާކިޔާ ލީޑަރުންނެވެ. 

މި މަސައްކަތް ފަށާއި އެ ޕާޓީގެ ގުނަންތަކުގައި އެ މަޝްވަރާ ހިންގައި ނިންމުމަށް ފަހު މިހާރު ވަނީ ހަމަ އެ ޕާޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ މިހާރުގެ ބޮޑުވަޒީރު ކަމުގައި މަހިންދަ ރާޖަޕަކްސާގެ ރުހުމާއެކު ހުންނެވި ދިނޭޝް ގުނަވަރުދަނާގެ މޭޒުކޮޅު މައްޗަށާއި ރައީސް ރަނިލް ވިކްރަމަސިންހާއާއެކު ބައްދަލުވުންތައް ބާއްވާފަ އެވެ. 

ތިން ދައުރެއްގައި ކުރީން ވެސް ބޮޑުވަޒީރުކަން ކުރައްވާފައިވާ ރާޖަޕަކްސަ އަލުން ބޮޑުވަޒީރު ކަމަށް ގެނައުމަށް މަގު ފަހި ކުރަމުން އަންނަ އިރު ގުނަރުވަދަނާ ލަންކާގެ ބޮޑުވަޒީރަކަށް އައްޔަންކުރީ މިދިޔަ އަހަރުހެ ޖުލައިގަ އެވެ. ގުނަވަރުދަނާއަކީ މާ ބޮޑު ބާރުތަކެއް އޮތް އަދި ނުފޫޒުވެސް އެހައި ގަދަ ބޭފުޅެއް ނޫނެވެ.

ކުރީން ގޮޓަބާޔާގެ ރައީސް ކަމުގައި މަހިންދަ ބޮޑުވަޒީރު ކަމުން އިސްތިއުފާ ދެއްވީ ލަންކާއަށް ކުރިމަތިވިމާލީ އަދި އިގުތިސޯދީ ދަތިތަކާ ގުޅިގެން ގައުމު ހަލަބޮލިވާން ފެށުމުން އައި ޕްރެޝަރުތައް ހައްލު ކުރުމަށް މަނިކުފާނުގެ ދެއްވި ލަފާފުޅަށް ކޮއްކޯފުޅު އަދި އޭރުގެ ރައީސް ގޮޓާބަޔާ އަޅައި ނުލެއްވުމުންނެވެ.  

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.