20 އަހަރު ފަސް: އާރުއޭސީއެލް ގްރައުންޑް ހޭންޑިންލިން އަގަށް ބަދަލު

އަގަށް ގެނެސްފައިވަނީ ނިސްބަތުން ކުޑަ ބަދަލެއް. ރީޖަނަލް އެއާޕޯޓްތަކުގެ ގްރައުންޑް ހޭންޑްލިން އަގު ބަދަލު ނުކުރާތާ 20 އަހަރު ވެއްޖެ

ހަނިމާދޫގެ ބިޔަ ބޮޑު މަޝްރޫއުގެ އެއްބަސްވުމުގައި މިރޭ ސޮއިކޮށް އެއްބަސްވުން ބަދަލު ކުރަނީ -- އާރްއޭސީއެލް

ރާއްޖޭގެ ގިނަ އެއާޕޯޓް ތަކެއް މެނޭޖްކުރާ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރުއޭސީއެލް) އިން 20 އަހަރަށް ފަހު ގްރައުންޑް ހޭންޑްލިން އަގަށް ބަދަލު ގެނެސްފި އެވެ. 

ރީޖަނަލް އެއާޕޯޓުތައް މެނޭޖު ކުރާ ކުންފުނި، އާރްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒުވީ "މި" ނޫހަށް ވިދާޅުވީ ގްރައުންޑް ހޭންޑްލިންގެ އަގުތަކަށް ބަދަލު ގެނެސްފައި ވަނީ 20 އަކަށް އަހަރަށް ފަހު ކަމަށެވެ. ނަމަވެސް އަގަށް އައި ބަދަލު އެ ކުންފުނިން އަދި ހާމައެއް ނުކުރެ އެވެ. 

"މި އަގަކީ މީގެ 20 އަކަށް އަހަރު ކުރީގެ އަގުތަކެއް. މިހާރު ވަރަށް ގިނަ އަގުތަކަށްވެސް ބަދަލު އައިސްފައި މިވަނީ. އެހެންވެ އަގު ބޮޑުކުރީ،" ރިޒްވީ ވިދާޅުވި އެވެ. 

"މި" ނޫހަށް އެނގިފައިވާ ގޮތުގައި މިހާރު ނަގަމުންދާ އަގަށް ނިސްބަތުން ގެނެސްފައިވަނީ ކުޑަ މަތި ކުރުމެކެވެ. 

ރީޖަނަލް އެއާޕޯޓް ކުންފުނިން ހިންގާ އެއާޕޯޓްތައް

  •  ހޯރަފުށި އެއާޕޯޓު
  •  ފުވައްމުލަކު އެއާޕޯޓު
  •  ކުޅުދުއްފުށި އެއާޕޯޓު
  •  ފުނަދޫ އެއާޕޯޓު
  •  މާވަރުލު އެއާޕޯޓު
  •  ހަނިމާދޫ އެއާޕޯޓު

ރިޒްވީ ވިދާޅުވީ ސަރުކާރު ކުންފުޏެއް ނަމަވެސް އެއާޕޯޓެއް މެނޭޖު ކުރުމަކީ ގިނަ ހަަރަދުތަކެއް ހިނގާނެ ކަމެއް ކަމަށާ އެހެންވެ ރެވެނިއު ޖެނެރޭޓް މޮޑެލްއަކަށްދާން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން އެކަމަށްޓަކައި ހުރި އޮޕްޝަންތައް ބަލަމުންދާ ކަމަށެވެ. 

އަންނަ މަހު ހުޅުވަން ތައްޔާރުވަމުންދާ ގއ. ފަރެސްމާތޮޑާ އެއާޕޯޓް މެނޭޖުކޮށް ބަހައްޓާނީވެސް އާރުސީއެލް އިންނެވެ. 

އާރްއޭސީއެލް އުންމީދީ ދިމާލަކަށް - ރީޖަނަލް އެއާޕޯޓް ކުންފުނިން ދަނީ އުންމީދީ ގިނަ މަޝްރޫއުތަކެއް ފަށަން ތައްޔާރު ވަމުންނެވެ. އެ ކުންފުންޏަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 20 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި މި އަހަރު މި އަދަދު ދެ ގުނަ އިތުރު ކުރަން އެ ކުންފުނިން ވަނީ ބުނެފަ އެވެ. އެކުންފުނިން މިހާރު ބަލަހައްޓާ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ވަނީ އިންޑިއާގެ ލޯނުން ފަށާފަ އެވެ. މިއީ މާލޭން ބޭރުގައި ހިންގާ އެންމެ ބިޔަ މަޝްރޫއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.