ހައިރައިޒް އިން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކު ވެސް ބާއްވާ ފުޑް އެންޑް ބެވަރެޖް ޝޯގެ މިއަހަރުގެ މީޑިއާ ޕާޓްނަރަކީ "މި" ނޫހެވެ.
އެންމެންވެސް މި އުޅެނީ ވަރަށް ދެން ބިޒީ ކޮށެވެ. އެހައި އަވަދި ނެތި އވެ. ކައްކާކަށް ވެސް ވަގުތެއް ނުވެ އެވެ. އެކަމަކު މީރުކޮށް ކާންވެސް ބޭނުންވެ އެވެ. އެކަމަށް ހައްލެއް ހިފައިގެން މިއުޅެނީ ސަރުކާރުގެ މަސް ކުންފުނި މިފްކޯ އިންނެވެ. އެ ކުންފުނީގެ "ލައިފް ސްޓައިލް ޕްރޮޑަކްޓްތައް" ގެނެސް ދެނީ އީޒީ ލައިފަކަށް ފައްކާ ކޮށްފައިވާ ރަހަތަކެކެވެ. މިހާރު ކުރިޔަށް އެފްއެންބީ ޝޯގައި އެ ރަހަތައް ލިބެން އެބަހުއްޓެވެ.
ދިވެހި ކެއުންތައް ތައްޔާރު ކުރަން ދެވަނައެއް ނެތް މިފްކޯގެ ކައްކާ ނާބެގެ ކުޅަދާނަ ކަމުން ބާޒާރަށް ނެރެފައިވާ މިފްކޯގެ ޕްރޮޑަކްޓް ޕޯޓްފޯލިއޯގައި އެންމެ ވިދުންގަދަ ކޮށް ފެންނަނީ ސީދާ މަހުން ތައްޔާރުކުރާ އުފެއްދުންތަކެވެ. ނަމަވެސް، މި ފަހަރު އެ ކުންފުނިން ތައާރަފުކުރި "ފަސްމީރު ލައިފްސްޓައިލް" ގެ އުފެއްދުންތަކަކީ މަހުގެ އިތުރުން، ބަތާއި އަދިވެސް އިތުރު ރަހަތައް ހިމަނައިގެން އުފައްދާފައިވާ ފުރިހަމަ ކެއުމެކެވެ.
އާންމު ބަހުރުވައިންނަމަ މިއީ މިފްކޯގެ "ބަތް ޕާރުސަލެ" ކެވެ. އެކަމަކު ގޭދޮށު ހޮޓަލުން ލިބޭ ބަތް ޕާރުސަލާއި ފަސްމީރުގެ އުފެއްދުންތަކުގެ މި ޕާރުސަލް އެތައް ގޮތަކުން ތަފާތެވެ. ފުރަތަމަކަމަކީ މިފްކޯގެ ޕާރުސަލް ތިން މަސްދުވަހު ނުބައި ނުވެ ހުރެއެވެ. ބަންދު ކޮށްފައިވާ ޕެކޭޖާއެކު މައިކްރޮވޭވް ކޮށްލެވޭ މި ބަތްގަނޑު ހޫނު ކޮށްލަން ނަގާނީ އެންމެ ފަސް މިނެޓެވެ. އެއްފަހަރުން ހުސްކޮށް ނުލެވިއްޖެ ނަމަ ފްރިޖުގައި ވެސް ރައްކާ ކޮށްލެވޭނެ އެވެ.
"ފަސްމީރު ލައިފްސްޓައިލް" ގެ އުފެއްދުންތަކުގެ ތެރޭގައި ޖުމްލަ ފަސް ރަހައެއް ހިމެނެ އެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްދާ ފުޑް އެންޑް ބެވަރެޖް ޝޯގެ އެންމެ ފަހު ދުވަހަކީ މިއަދެވެ. މިއަދު ހަވީރު 3:00 އިން އިރު އޮއްސި 6:00 އަށް އަދި ރޭގަނޑު 8:00 އިން 11:00 އަށް އެ މައުރަޒަށް ވަދެވެ އެވެ.
މިފްކޯއާއި އާއި އެހެންވެސް ބޮޑެތި ކުންފުނިތަކުގެ އެންމެ ފަހުގެ އުފެއްދުންތައް ތަޖުރިބާ ކޮށްލުމުގެ އިތުރުން އެކި ސްޓޯލްތަކުގައި ހުޅުވާލެވިފައިވާ ލަކީޑްރޯ ތަކުގައި ބައިވެރިވުމުގެ ފުރުސަތު ވެސް އެ ޝޯގައި އެބައޮތެވެ. މިހާރު ވެސް އެ ފެއާއަށް 10،000 އަށް ވުރެ ގިނަ މީހުން ވަދެފައި ވެއެވެ.
ހައިރައިޒް އިން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކު ވެސް ބާއްވާ ފުޑް އެންޑް ބެވަރެޖް ޝޯގެ މިއަހަރުގެ މީޑިއާ ޕާޓްނަރަކީ "މި" ނޫހެވެ.