އަރައިގަނެ ލޫޓުވާލުމެއް ؛ ބިރުވެރި މަންޒަރެއް

އާންމުވެފައިވާ ވީޑިއޯއިން ފެންނަނީ ދެ މީހަކު އެތަނަށް ވަދެގަނެ ލޫޓުވާލާ މަންޒަރެވެ. އޭރު ދެ މީހުން ތިބެނީ ހެލްމެޓް އަަޅައިގެން މޫނު ނިވާކޮށްގެންނެވެ.

މައި ސިޓީގެ ހުޅުމާލޭގަައި "ޖޫސް ޓައިމް" ގެ ނަމުގައި ހިންގަމުން އައި ކެއިންބުއިމުގެ ހިދުމަތްދޭ ތަނަކަށް ބަޔަކު މަރުތެޔޮ ފަދަ ހަތިޔާރަށް ފުދޭނެ އާލާތްތަކާއެކު ވަދެގަނެ އެތަން ލޫޓުވާލާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެ ސިއްހުން ގެނުވައިފި އެވެ.

އާންމުވެ ވައިރަލް ވެފައިވާ ވީޑިއޯއިން ފެންނަނީ ދެ މީހަކު އެތަނަށް ވަދެގަނެ ލޫޓުވާލާ މަންޒަރެވެ. އޭރު ދެ މީހުން ތިބެނީ ހެލްމެޓް އަަޅައި މޫނު ވެސް ނިވާ ކޮށްގެންނެވެ. ވަދެގެންފައި ވަނީ އެތާނގައި ހިދުމަތް ދޭން ހަދާފައިވާ ކުޑަދޮރަކުންނެވެ. އެ ދެ މީހުން ވަދެގަންނަނީ މަރުތޭލުކުން ތަޅައި ތަންތަން ސުންްނާފަތި ކުރަމުންނެވެ. 

"އެ މަންޒަރު ފެނި ބިރުން ފިތްކަނޑަައިގެންދާ ވަރުވޭ، މި ހަމަ ރާއްޖެތަ؟" ވީޑީއޯ ބަލާފައި މީހަކު އަހާފައި ވެއެވެ.

އެ މީހުން ވަދެގަންނަން ދިޔައިރު އިރު އެތަނުގައި ހުރީ ބިދޭސީ މުވައްޒަފެކެވެ. އެ މިހުން ވަދެ ގަތުމަށް ދިމާ ކުރުމާއެކު އޭނާ އެތަން ދޫކޮށްލައި ބިރުން ވަގުތުން ނިކުމެގެން ދެއެވެ. އަރައިގަތް އެ ދެ މީހުން ވެސް އެ ބިދޭސީ މީހާ ހިފަހައްޓާކަށް ނޫޅެ އެވެ. އެ ދެ މީހުން ވަދެ މުޅި ތަން ފުނޑުފުނޑު ކޮށްލާއި ހަދަ އެވެ. އެ ތެޅުމުގައި މަރުތޭލުން ތަޅާ ތަނުގައި ހުރި ހުރިހާ އެއްޗެއް ވަނީ ހަލާކު ކޮށްލާފަ އެވެ.

މުޅި ތަން ހަލާކު ކޮށް ލޫޓުވާލުމަށް ފަހު ވަތްގަނޑުގައި ހުރި ފައިސާކޮޅު ފޭރި ގަނެ އެ ދެ މީހުން ވަނީ ނިކުމެގެން ބާރަށް ހިނގާފައި ގޮތް ސައިކަލެއްގައި ގޮސްފަ އެވެ. އެ ހުރިހާ މަންޒަރެއް ބަލަން ދުރުގައި ބިރުން ތިބި ތިބި މީހުން އެތަނާ ކައިރިވަނީ އޭގެ ފަހުންނެވެ.

މަންޒަރު ދުށް މީހުން ބުނީ މިއީ އިއްޔެ ހިނގި ލޫޓުވާލުމެއް ކަމަށެވެ. ބައެއް މީހުން ބުނާ ގޮތުގައި މިއީ ހުޅުމާލޭގައި ދިވެހި އަންހެނަކު، ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބަންގަލޭދޭޝް މީހަކާއެކު ހިންގަމުން އައިސް އަންހެން މީހާ އަމިއްލައަށް ހިންގާން ފެށުމުން ބިދޭސީ މީހާ ހިތްހަމަ ނުޖެހިގެން ދިވެހިންގެ ބަޔަކަށް ފައިސާ ދީގެން ހިންގި އެތަން ލޫޓުވާލައި މުދަލަށް ގެއްލުން ދިނުމުގެ އަމަލެކެވެ. އެ ތަނަށް ވަދެ ގަތީ ގޭންގެއްގެ ބައެކެވެ، 

މި ނޫނަސް ބައިވަރު  ވާހަކަތައް މީ ވީޑިއޯއާ ގުޅިގެން މީހުން ހިއްސާކޮށްފައި ވެއެވެ. ނަމަވެސް އެ ވާހަކަތަކުން މީގެ ހަގީގަތް މުޅީން ސާފެއް ނުވެ އެވެ. މި ހާދިސާއާ ގުޅޭ ގޮތުން ފުލުހުން އެއްވެސް އެއްޗެއް ނުބުނެއެވެ.

ކޮމެންޓް

1
450
ޕޮލިސް
1 year ago

2023 ވަނަ އަހަރަށް ކުށްކުރާ މީހުން ތަރައްޤީ ވިޔަސް އަޅުގަނޑުމެން ފުލުހުން އަދިވެސް ތަރައްޤީވެވައި ވަނީ މަސް ނިމުނީމަ މުސާރަކޮޅު ނަގަން އެކަނި. އެހެންކަމުން އެ 2 ވާންޗޯ ހޯދޭކަށްނެތް. ރައްޔިތުން ދޭ މުސާރައަށް ވަރަށް ބޮޑަށް ޝުކުރިޔާ.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.