ސްޕޭސް ޓީމުން ރާއްޖޭގެ ފުރަތަމަ ސެޓެލައިޓް ޑިޒައިންކޮ ށްފިި

ސްޕޭސް ޓީމުން ރާއްޖޭގެ ފުރަތަމަ ސެޓެލައިޓްގެ ޑިޒައިން ފައިނަލްކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު 10 ވަނަ ދުވަހު އެވެ. ހާޑުވެއާ ލިބުމުން ސެޓެލައިޓް ޕްރޮގްރާމުކޮށް ޓެސްޓުތައް ނިންމީ މި މަހުގެ 22 ވަނަ ދުވަހު އެވެ.

ރާއްޖޭގެ ފުރަތަމަ ސެޓަލައިޓް ޑިޒައިން ކުރި ޓީމް

ދިވެހިރާއްޖޭގެ ސްޕޭސް ޓީމުން ރާއްޖޭގެ ފުރަތަމަ ސެޓެލައިޓް ޑިޒައިން ކޮށްފި އެވެ. މިއީ ރާއްޖޭގައިި ސެޓެލައިޓެއް ޑިޒައިންކުރި އާ ފަހަރެވެ.

ސްޕޭސް ޕްރޮގްރާމް ކުރިއަށް ގެންދާ އިންސްޓިޓިއުޓް ފޯ ގްލޯބަ ލް ސަކްސެސް (އައިޖީއެސް) އިން ބުނީ ކިޔުބްސެޓް ސްޓޭންޑަޑްގެ މި ސެޓެލައިޓް ޑިޒައިން ކުރީ ވަނީ ބޭނުންވާ މިޝަނަކާ ގުޅޭ ގޮތަށް އަދި ފަސޭހައިން ސައިޒް ބޮޑު ކުރެވޭ ގޮތަށާއި ތަފާތު މިޝަންތަކަށް ފަސޭހައިން ކަސްޓަމައިޒް ކުރެވޭ ވެސް ގޮތަށެވެ. 

މިގޮތުން ސްކޫލް، ޔުނިވާސިޓީ ތަކުގެ އެކްސްޕެރިމެންޓަލް މިޝަންތަކުން ފެށިގެން ސަބް އޯބިޓަލް މިޝަން އާއި އޯބިޓަލް މިޝަންތަކަށް ޑިޒައިނަށް ބަދަލު ނުގެނެސްވެސް ސެޓެލައިޓް ހާޑުވެއާއުފެއްދޭނެ އެވެ. 

ސްޕޭސް ޓީމުން ރާއްޖޭގެ ފުރަތަމަ ސެޓެލައިޓްގެ ޑިޒައިން ފައިނަލްކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު 10 ވަނަ ދުވަހު އެވެ. އެދުވަހު ހާޑުވެއާ އޯޑަރު ކުރުމަށްފަހު ހާޑުވެއަ ލިބުމުން ސެޓެލައިޓް ޕްރޮގްރާމުކޮށް ޓެސްޓުތައް ނިންމީ މި މަހުގެ 22 ވަނަ ދުވަހުއެވެ

މި ސެޓެލައިޓެއް ހަދާއިރު އެންމެ ބޮޑު ތަފާތަކަށްވާނީ ހާޑުވެއާ ކޮލިޓީއާއި ޕޭލޯ ޑު ނުވަތަ މިޝަންގެ އެޕްލިކޭޝަނެވެ.
ބޭރުގެ އެއްވެސް ފަރާތެއްގެ އެހީތެރިކަމާ ނުލައި ރާއްޖޭގެ 

ސެޓެލައިޓް ޑިޒައިން ކުރުމުގައި އިސްކޮށް އުޅުނީ

  • 1.އޭރޯ ސްޕޭސް އިންޖިނިއާ ހުސެއިން އައްސަދު
  • 2.އިލެޓްރިކަލް އަދި އިލެކްޓްރޯ ނިކްސް އިންޖިނިއާ މުހައްމަދު ޖުނައިދު
  • 3.މެކޭނިކަލް އިންޖިނިއާ އަހްމަދު އިޖާޒް އަބްދުالله

ސެޓެލައިޓް ޕްރޮގަރާމް ކުރުމާއި ޓެސްޓު ކުރުމުގައި

  • 1.މަރިޔަމް މަހްރޫސާ އަބްދުއްރަހްމާން
  • 2.މަރިޔަމް ޝިމާނަތު
އައިޖީއެސް އިން ބުނީ - އައިޖީއެސް ގެ ޗެއާމަން އަދި ސީއީއޯ ރިފްއަތު މުހައްމަދު ވިދާޅުވި ގޮތުގައި ސެޓެލައިޓެއް ޑިޒައިން ކުރުމަކީ ވަރަށް އުނދަގޫ މަސައްކަތަކަށްވާއިރު ރާއްޖޭގެ ސްޕޭސް ޓީމުން މުޅިން އަމިއްލައަށް ސެޓެލައިޓެއް ޑިޒައިން ކުރުމަކީ ޓީމުން ހޯދި ބޮޑު ކާމިޔާބެކެވެ.

"މިއީ ހަމައެކަނި ކަރުދާހުގައި އޮތް ޑިޒައިނެއް ނޫން. ސެޓެލައިޓް ޑިޒައިން ކަށަވަރު ކުރުމަށް އަޅުގަނޑުމެން ވަނީ ހާޑުވެއަ އުފައްދާ، ސެޓެލައިޓް ޕްރޮގްރާމްކޮށް މުހިއްމު ޓެސްޓުތައް ވެސް ކޮށްފައި" ރިފްއަތު ވިދާޅުވި އެވެ.

ރާއްޖޭގެ ފުރަތަމަ ސްޕޭސް މިޝަންގެ މެއިން ޕާޓްނަރަކީ އެޗްޑީސީ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.