އިންޑިއާ ކުންފުނިތަކަށް ޓެކްސް މާފުކޮށްދިނީ އުސޫލު ތެރެއިން: މިއުވާން

މައާފުކޮށް ދިން ޓެކުހުގެ ހުންނާނެ ކަމަށް އަންދާޒާ ކުރެވެނީ 50 މިލިއަން ޑޮލަރާއި 100 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެއްގަ އެވެ. އެއީ ގާތްގަނޑަކަށް ބިލިއަނެއްހާ ރުފިޔާ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވަނީ --- ރައީސް އޮފީސް

އިންޑިއާގެ ކުންފުނިތަކުން ރާއްޖޭގައި ހިންގަމުން އަންނަ ޕްރޮޖެކްޓުތަކުން ޓެކްސް މާފު ކޮށްދިނީ އާންމު އުސޫލުގެ ދަށުން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިއުވާން ވިދާޅުވީ އެ ކުންފުނިތަކަށް ޓެކްސް މާފު ކޮށްދިނީ އެގްޒިމް ބޭންކުތަކުން ލޯނު ނަގާއިރު، އޮންނަ އާންމު އުސޫލުގެ ތެރެއިން ކަމަށެވެ.

"އެގްޒިމް ބޭންކުގެ ޕްރޮސީޖާގެ ތެރޭގައި ހިމެނޭ ކަމެއް މިއީ، އެގްޒިމް ބޭންކުން ލޯނު ނަގައިގެން ނުވަތަ އެގްޒިމް ބޭންކުން ޕްރޮޖެކްޓެއް ހިންގާ ކަމުގައި ވާނަމަ، އެ [ލޯނުނަގާ] ގައުމަކުން ޓެކްސްއަށް ޒިންމާ ވާން ޖެހޭނީ" މިއުވާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި މީގެ ކުރިން ވެސް އެގްޒިމް ބޭންކުތަކުގެ އެހީގައި ހިންގަމުން އައި ޕްރޮޖެކްޓުތަކުގައި އަމަލު ކުރަމުން އައީ އެހެން ކަމަށެވެ. 

ރައީސްއަށް ލިބިފައިވާ ބާރުގެ ދަށުން ޓެކްސް މާފު ކޮށްދިނުމަށް ހަމަޖެހިފައިވާ އިންޑިއާގެ 11 ކުންފުނި އިއުލާނުކުރީ މިދިޔަ ހަފުތާގެ ބުދަ ދުވަހު އެވެ. އޭގެ ތެރޭގައި ގުޅިފަޅު މަޝްރޫއާއި އައްޑޫ މަގުހެދުން އަދި ތިލަމާލެ ބްރިޖުގެ މަޝްރޫއު ވެސް ހިމެނެ އެވެ. މި މަޝްރޫއުތަކުން ރާއްޖޭގެ އެއްވެސް ޓެކުހެއް ނުނަގާނެ އެވެ.

އެ މަޝްރޫއުތަކުން ޖުމުލަ މައާފުކޮށް ދިން ޓެކުހުގެ ހުންނާނެ ކަމަށް އަންދާޒާ ކުރެވެނީ 50 މިލިއަން ޑޮލަރާއި 100 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެއްގަ އެވެ. އެއީ ގާތްގަނޑަކަށް ބިލިއަނެއްހާ ރުފިޔާ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.