ބޭރު މަގުގެ ތާރުގަނޑު މަރާމާތު ކޮށްދޭނެ ބަޔަކު ހޯދަނީ

ބޮޑުތަކުރުފާނު މަގުގައި "އޮއްވަޅު" ހެދިފައި ވާތީ ދުއްވާ އުޅަނދުތަކަށް ވަރަށް ދަތިވެ އެވެ. އެ މަގު ހުޅުވައިލިފަހުން މިހާތަނަށް އަދި މަރާމާތު ކޮށްފައެއް ވެސް ނުވެ އެވެ.

ވިލާ ކޮލެޖްގެ އާ އިމާރާތު ސަރަހައްދުގެ ތާރުގަނޑުގައި ރެނދުލާފައި -- މި

ބޮޑުތަކުރުފާނު މަގުގެ ތާރުގަނޑު ހަލާކުވެފައި ވާތީ، މަގު މަރާމާތު ކޮށްދޭނެ ބަޔަކު ހޯދަން މާލެ ސިޓީ ކައުންސިލުން އިއުލާނެއް ކޮށްފި އެވެ.

ސިޓީ ކައުންސިލުން މިއަދު ބުނީ ބޮޑުތަކުރުފާނުމަގުގެ ތާރުފަށަލަ މަރާމާތު ކޮށްދޭނެ ދިވެހި ނުވަތަ ބޭރު ކުންފުންޏަކުން ބީލަން ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

މި މަސައްކަތާ ގުޅޭ މައުލޫމާތު ސާފުކުރުން އޮންނާނީ އަންނަ މަހުގެ އެއްވަނަ ދުވަހު ސިޓީ ކައުންސިލް އިދާރާގަ އެވެ. މަސައްކަތުގެ އަގު ހުށަހެޅުން އޮންނާނީ އެ މަހުގެ އަށްވަނަ ދުވަހު އެވެ.

ކައުންސިލުން ބުނެފައި ވަނީ އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމަންޓް އަދި ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް ކަމަށެވެ.

މާލޭގެ މަގުތައް ހަލާކުވެފައި ވާތީ ހިނގާބިނގާވެ އުޅުމަށާއި އުޅަނދުތައް ދުއްވަން އުނދަގޫވެގެން އާންމުން ވަރަށް ގިނައިން ޝަކުވާ ކުރެ އެވެ. ބޮޑުތަކުރުފާނު މަގުގައި "އޮއްވަޅު" ހެދިފައި ވާތީ ދުއްވާ އުޅަނދުތަކަށް ވަރަށް ދަތިވެ އެވެ. އެ މަގު ހުޅުވައިލިފަހުން މިހާތަނަށް އަދި މަރާމާތު ކޮށްފައެއް ވެސް ނުވެ އެވެ.

ތާރުގަނޑު ގަނބައިގަންނަ އެއް ސަބަބަކީ އެ މަގުގައި ކޮންސްޓްރަކްޝަން މަސައްކަތްތައް ކުރުމެވެ. މަސައްކަތަށް ކޮނުމުގެ ސަބަބުން ވެސް ތާރުގަނޑު ގަނބައިގެން ގޮސްފައި އެބަހުއްޓެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.