ވިއްސާރަދުނީގެ އެކުވި ކުލަތަކާއެކު އެންސީޓީސީން ޓްވީޓް ކޮށްފި

ރާއްޖޭގެ ޑިފެންސް މިނިސްޓްރީގެ ދަށުން ހިންގާ އެންސީޓީސީގެ ވެރިޔަކީ ބްރިގޭޑިއާ ޖެނެރަލް (ރިޓަޔާޑް) ޒަކަރިއްޔާ މަންސޫރެވެ. އޭނާގެ އިސްވެރިޔާއަކީ ޑިފެންސް މިނިސްޓަރެވެ.

އެންސީޓީސީގެ ވެރިޔާ ބްރިގޭޑިއާ ޖެނެރަލް (ރިޓަޔާޑް) ޒަކަރިއްޔާ މަންސޫރު

އެލްޖީބީޓީ ޕްރޮމޯޓް ކުރާ ރަމްޒެއްގެ ގޮތުގައި ގެންގުޅޭ ވިއްސާރަދުނީގެ އެކުވި ކުލަތައް ހިމަނައިގެން ރާއްޖޭގެ ނޭޝަނަލް ކައުންޓަރު ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ) އިން ކުރި ޓްވީޓް ކޮށްފި އެވެ، އެލްޖީބީޓީގެ ވިއްސާރަ ދުނީގެ އެކުވި ކުލަތަކުގެ ރަމްޒަކީ އެއްޖިންސުން ގުޅުން ހިންގާ މީހުނާއި ހިންގަން ބޭނުންވާ މީހުންގެ ދިދަ އާއި ނިޝާނެކެވެ.

އެންސީޓީސީގެ މި ޓްވީޓާ ގުޅިގެން އެ ސެންޓަރާއި ވެރިންނާއި ސަރުކާރަށް ވަނީ އިއްޔެއިން ފެށިގެން ފާޑުކިޔުންތައް އަމާޒުވެފަ އެވެ. އެންސީޓީސީން މިފަދަ ރަމްޒެއް ހިމަނައިގެން ޓްވީޓް ކުރި އިރު ރާއްޖެއަށް "ސްޓެވާޑް ޖެނިޓާ" އެއްގެ ގޮތުގައި އެތެރެވެފައިވާ އެމްޑީ އަލަމްގީރު އާއެކު ރާއްޖޭގެ އެތައް ސަތޭކެ ފިރިހެނުން އެއްޖިންސުން ގުޅުން ހިންގި ބޮޑު "ސެކްސް ސްކޭންޑަލް" އެއް ފަޅައި އަރައި އެކަން ކަމުގައި ބަވެރިވި ކަމުގެ ތުހުމަތު އޮތް އެއްވެސް މީހަކަށް ފިޔަވަޅެއް އަޅާފައި ނުވާތީ ސަރުކާރަށް ވަނީ ނުރުހުމާއި ފާޑު ކިޔުން އަމާޒުވެފަ އެވެ.

އެންސީޓީސީގެ ޓްވީޓް

އެންސީޓީސީގެ ޓްވީޓުގައި ފޮޓޯއެއް ހިމަނާފައި ވެއެވެ. އެ ފޮޓޯއިން ވިއްސާރަދުނީގެ އެކުވި ކުލަތަކާއެކު ކުރަހާފައިވާ މީހެއްގެ ބޮލަކާއި އެ ކުލައެއް ނުހިމަނައި ކުރަހާފައިވާ މީހެއްގެ ބޯ ދައްކަ އެވެ. އަދި އިންސާނުންގެ މެދުގައި ހުންނަ ތަފާތުތަކަކީ ހަމަނުޖެހުމުގެ އަސްލަށް ވިޔަ ނުދިނުމަށް ގޮވާލާ ތަފާތުތަކުގެ ތެރެއިން ހޯދާ ހަމަޖެހުމުގައި ބަދަހިކަމާއި ގަދަފަދަކަން ވާކަމަށް ބުނެފައި ވެއެވެ. އެ ޓްވީޓާއި ގުޅިގެން ގިނަ ބަޔަކު ވަނީ ކަންބޮޑުފަ އެވެ.

ޝަނަލް ކައުންޓަރު ޓެރަރިޒަމް ސެންޓަރުގެ ވެރިޔާ، ޒަކަރިއްޔާ މަންސޫރާއި ޑިފެންސް މިނިސްޓަރު މާރިޔާ

އާންމުން ދެކޭ ގޮތުގައި އެއީ އެއްޖިންސުން ގުޅުން ހިންގުން ޕްރޮމޯޓް ކުރަން ވާގިވެރިވެދޭ ގޮތަށް ކޮށްފައިވާ ޓްވީޓެކެވެ.

ރާއްޖޭގެ ޑިފެންސް މިނިސްޓްރީގެ ދަށުން ހިންގާ އެންސީޓީސީގެ ވެރިޔަކީ ބްރިގޭޑިއާ ޖެނެރަލް (ރިޓަޔާޑް) ޒަކަރިއްޔާ މަންސޫރެވެ. އޭނާގެ އިސްވެރިޔާއަކީ ޑިފެންސް މިނިސްޓަރެވެ. އެ މަގާމުގައި ހުންނެވީ މާރިޔާ އަހުމަދު ދީދީ އެވެ. އެކަމަނާގެ ބޭފުޅަކު އެއްޖިންސުން ގުޅުން ހިންގުމުގެ ތުހުމަތަކެއް ކޮށް އަޑުތައް ފެތުރިފައި ވެސް ވެއެވެ. އަދި އެކަމަނާ ވަނީ އެކަމަށް ރައްދު ވެސް ދެއްވާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.