ހޯރަފުށީ އެއާޕޯޓަކީ ރާއްޖޭގެ އެންމެ އުތުރަށް އޮންނަ އެއާޕޯޓެވެ. އެ ރަށަށް ކޮންމެ ދުވަހަކު ވެސް ފްލައިޓް ޖައްސައެވެ.
އަލިފާން ނިއްވާ ލޮރީއަށް ދިމާވި މައްސަލައަކާ ގުޅިގެން ހޯރަފުށީ އެއާޕޯޓުގެ އޮޕަރޭޝަން މެދުކެނޑިއްޖެ އެވެ.
ރީޖަނަލް އެއާޕޯޓްސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ މިއަދު "މި" ނޫހަށް ވިދާޅުވީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން އެ އެއާޕޯޓުގެ އޮޕަރޭޝަން ވަގުތީގޮތުން ހުއްޓިފައިވާ ކަމަށެވެ.
"އެ މައްސަލަ ހައްލު ކުރުމަށް މި ދަނީ މަސައްކަތް ކުރަމުން، އިންޖިނޭރުން އެކަން އެބަ ކުރޭ" ރިޒްވީ ވިދާޅުވި އެވެ. ނަމަވެސް، މައްސަލަ ހައްލުކޮށް، އެއާޕޯޓު އޮޕަރޭޝަނަށް ގެނެވޭނެ ވަގުތެއް ވިދާޅެއް ނުވެ އެވެ.
އެކަމާ ގުޅިގެން ފްލައިޓުތައް ނުޖެއްސޭތީ، އެ އެއާޕޯޓަށް ދަތުރުކުރާ ހުރިހާ ފްލައިޓެއް ވަނީ އެންމެ ކައިރީގައި އޮންނަ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަށް ޑައިވާޓްކޮށްފައެވެ.
ހޯރަފުށީ އެއާޕޯޓަކީ ރާއްޖޭގެ އެންމެ އުތުރަށް އޮންނަ އެއާޕޯޓެވެ. އެ ރަށަށް ކޮންމެ ދުވަހަކު ވެސް ފްލައިޓް ޖައްސަ އެވެ.