ޖަލަކު އަނިޔާއެއް ނުކުރޭ، ހައިހޫނު ހަޅުތާލެއްވެސް ނެތް: ކޮމިޝަނާ

ޖަލުގެ އެ ވާހަކަތައް ކޮމިޝަނާ ދޮގު ކުރެއްވި ނަމަވެސް މިދިޔަ ހަފުތާގައި ޖަލުގައި ގައިދީން ހަމަނުޖެހުން ހިންގި އެވެ.

ކޮމިޝަނަރު އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުއްﷲ ޖަލުގެ ހާލަތު ބައްލަވަނީ

ސަރުކާރުގެ މައި ޖަލު. މާފުށީ ޖަލުގައި ގައިދީންނަށް އަނިޔާ ކުރަމުންދާ ކަމަށާއި އަދި އެ ޖަލުގެ ގައިދީންތަކެއް ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ކުރާ ކަމަށް ބުނާ ވާހަކަ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ދޮގު ކޮށްފި އެވެ.

ޕްރިޒަންސް ކޮމިޝަނަރު އަހުމަދު މުހައްމަދުފުޅު އެކަން ދޮގު ކުރައްވާ މިއަދު ވަނީ ޓްވީޓެއް ވެސް ކުރައްވާފަ އެެވެ. ކޮމިޝަނާ މިއަދު ވިދާޅުވީ މާފުށި ޖަލުގެ ޔުނިޓް 11 އިގެ ގައީދީންނަށް އަނިޔާ ކުރަމުންދާ ކަމަށް ބުނެ ދައުރުވަމުންދާ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ. 

އިތުރުކޮށްލައްވައި ވިދާޅުވީ އެ ޖަލުގައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ވެސް ނެތް ކަމަށެވެ.

ޕްރިޒަން ކޮމިޝަނާ ވިދާޅުވީ - ޓްވިޓްގައި ލިޔުއްވާފައި ވަނީ މިހެނެވެ: "އެ ޔުނިޓްގެ އެއްވެސް ޤައިދީއަކަށް އަނިޔާއެއް ކޮށްފައެއް ނުވޭ! އަދި އެޔުނިޓުގައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ވެސް ކުރިއަކަށް ނުދޭ،"

ޖަލުގައި ހުކުމް ތަންފީޒު ކުރަމުން އަންނަ ގައިދީންގެ ތެރެއިން ހަރުކަށި ފިކުރަށް ނިސްބަތްވާ މީހުން ބައިތިއްބާފައި ތިބޭ ޔުނިޓް 11 އިގައި ހަންގާ ސްޓްރައިކެއް / ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ޖައްސާފައިވާ ކަމަށް ބުނާ އަޑުތައް ފެތުރިފައި އޮންނަތާ ދުވަސްކޮޅެއް ވެފައި ވެއެވެ. -- މިދިއަ ހަފުތާއިން ފެށިގެނެވެ. -- މާފުށީ ޖަލުގައި ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރިއަށްދާ ކަމަށް ގައިދީންގެ ވަކީލުން ވެސް މިޑިއާގައި ބުނެ އެވެ. އަދި ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފެށީ އެމީހުން ތިބޭ ގޮޅިތައް ބަލައި ފާސްކޮށް ގެންގުޅޭ އެއްޗެހި އަތުލުމާއި ދެ ވަގުތެއްގެ ކެއުން ނުދިން މައްސަލައެއްގަ އެވެ.

ޖަލުގެ އެ ވާހަކަތައް ކޮމިޝަނާ ދޮގު ކުރެއްވި ނަމަވެސް މިދިޔަ ހަފުތާގައި ޖަލުގައި ގައިދީން ހަމަނުޖެހުން ހިންގި އެވެ. ފުލުހާއި ކަރެކްޝަނުން އެކަން ހުއްޓުވަން އޮޕަރޭޝަނެއް ހިންގި އެވެ. 

ހޯމް މިނިސްޓަރު ވިދާޅުވީ - މިމަހުގެ 15 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރު އިމްރާން ވަނީ ހަރުކަށި ފިކުރުގެ މީހުންގެ ސަބަބުން ޖަލު ތެރޭގެ ހާލަތު ގޯސްވަމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ. އެ ޔުނިޓްގައި ހަމަނުޖެހުން ހިންގައި ސެކިއުރިޓީ ބަލަހައްޓާ ކެމެރާތަކާއި ގައިދީން ގެންގުޅޭ ތަކެއްޗަށް ގެއްލުންދީ ހަމަނުޖެހުން ހިންގާފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.