ފުރަގަސް ފަރާތުގައި ފޮރުވައިގެން ޖަލަށް ޑުރަގު ވައްދަން އުޅެނިކޮށް އަތުލައިފި

ޖަލަށް މަސްތުވާތަކެތި ވެއްދުމެއް ނުހުއްޓެވެ. ބައެއް ފަހަރު އަތުލައިގަތް ނަމަވެސް ޖަލަކީ މަސްތުވާތަކެތި ތިޔާގި ތަނެކެވެ.

ހުކުމް ތަންފީޒު ކުރާ ގައިދީއަކު އޭނާގެ ފުރަގަސް ފަރާތުގައި ފޮރުވައިގެން ޖަލަށް ޑުރަގު ވައްދަން އުޅެނިކޮށް އަތުލައިފި އެވެ.

ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ފުޅު މިއަދު ވިދާޅުވީ މާފުށި ޖަލަށް ގެންދިޔަ ގައިދީއަކު ޖަލަށް މަސްތުވާތަކެތި ވަންދަން އުޅޭ ކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާއި ގުޅިގެން އެކަން ކައިރިން ބެލި ކަމަށެވެ.

އަދި ވިދާޅުވީ އެ މައުލޫމާތާއެކު ބަލައި އެ ގައިދީގެ ހަށިގަނޑު އެކްސްރޭ ނަގައިގެން ވެސް ބެލި ކަމަށާއި އަދި އެ ބެލުމުގެ ތެރެއިން އެ މީހާ ފުރަގަސްފަރާތުގައި ޑުރަގު ރައްކާ ކޮށްގެން ޖަލަށް އެ ވައްދަން މަސައްކަތްކުރިކަން އެނގުނު ކަމަށެވެ. އަދި މަސްތުވާތަކެތި ފުލުހުންނާއި ގުޅިގެން އަތުލައިގެންފައިވާ ކަމަށެވެ. 

ޖަލުތަކަށް ހާއްސަކޮށް މާފުށީ ޖަލަށް މަސްތުވާތަކެތި ވެއްދުމެއް ނުހުއްޓެވެ. ބައެއް ފަހަރު އެގޮތަށް ވައްދާ ޑުރަގު އަތުލައިގަތް ނަމަވެސް މާފުށީ ޖަލަކީ މަސްތުވާތަކެތި ތިޔާގި ތަނެއްގެ ގޮތުގައި އޮންނަތާ އެތަކެއް އަހަރު ވެފައި ވެއެވެ.

މީގެ ތިން މަސް ދުވަސް ކުރިން ވެސް ކަރެކްޝަންގެ ޖަލު އޮފިސަރަކު، މަސްތުވާތަކެއްޗާއެކު ހައްޔަރު ކުރި އެވެ. އެއީ ޖަލަށް ވައްދަން މަނާ ތަކެތި ވައްދާ ކަމަށް ޝައްކު ވެގެން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާ ތަކެއްޗާއެކުގައި އަތުލައިގަތުމަށް ފަހު އެވެ.  

މަސްތުވާތަކެއްޗާއި ފޯނާއި އެ ނޫންވެސް އެފަދަ ބައެއް ތަކެތި ޖަލަށް ވެއްދުމަކީ އާންމު ކަމެކެވެ. އަދި މަނާ އެ ތަކެތި ޖަލަށް ވައްދާ މައްސަލައަކީ ބޮޑު މައްސަލައަކަށް ވެފައި އޮންނަ އިރު އެކަން ކުރުމުގައި ޖަލު އޮފިސަރުން ބައިވެރިވާ ކަމުގެ ތުހުމަތު އަބަދުވެސް އޮވެ އެވެ. 

ރާއްޖޭގައި ސްކޭމް ހަރަކާތް ބޮޑުވެ ފުޅާވެފައިވާއިރު އެފަދަ މުއާމަލާތްތަކުގެ 90 ޕަސެންޓް ހިންގަނީ ވެސް ގައިދީންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.