އަތީފް ހައްޔަރުކޮށް އަނިޔާކޮށްފައިވާ ކަމަށް ތުހުމަަތު ކޮށްފި

އެ ކޯލިޝަނުން ބުނި ގޮތުގައި އަތީފް ހައްޔަރުކޮށްފައި ވަނީ ޝަހީދުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބ. ތުޅާދޫގައި ސަރުކާރުން ބޭއްވި ރަސްމީ ޖަލްސާއަށް ހޯމް މިނިސްޓަރުގެ ދައުވަތަށް ވަޑައިގެން އިންނަވަނިކޮށް ޖަލްސާއިން ބޭރު ކުރުމަށް ފަހު އެވެ.

ޕީޕީއެމްގެ ތުޅާދޫ ދާއިރާގެ ނާއިބު ރައީސް މުހައްމަދު އަތީފް (އަތީ)

އިދިކޮޅު ޕީޕީއެމްގެ ތުޅާދޫ ދާއިރާގެ ނާއިބު ރައީސް މުހައްމަދު އަތީފް (އަތީ) ހައްޔަރުކޮށް އޭނާއަށް ލާއިންސާނީ އަނިޔާ ކޮށްފައިވާ ކަމަށް ތުހުމަތިކޮށް އެކަން ޕީޕީއެމް ހިމެނޭ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ކުށްވެރިކޮށްފި އެވެ.

އެ ކޯލިޝަނުން ބުނި ގޮތުގައި އަތީފް ހައްޔަރުކޮށްފައި ވަނީ ޝަހީދުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބ. ތުޅާދޫގައި ސަރުކާރުން ބޭއްވި ރަސްމީ ޖަލްސާއަށް ހޯމް މިނިސްޓަރުގެ ދައުވަތަށް ވަޑައިގެން އިންނަވަނިކޮށް ޖަލްސާއިން ބޭރު ކުރުމަށް ފަހު އެވެ. ހައްޔަރު ކޮށްފައި ވަނީ ގާނޫނީ އިންޒާރު ދިނުމެއް ނެތިކަމަށާ ފުލުހުންގެ ބެލުމުގެ ދަށުގައި އޭނާ ހައްޔަރު ކޮށްގެން ގެންގުޅޭއިރު އޭނާގެ ވަކީލުންނާއި މުއާމަލާތު ކުރުމުގެ ފުރުސަތު ނުދޭ ކަމަށެވެ. އަދި އަތީފްގެ ސިއްހީ ހާލު ދަށްވުމުން ރޭގެ ވަގުތެއްގައި ހޮސްޕިޓަލަށް ގެންގޮސް އެކަނި ދޫކޮށްލުމަށްފަހު އެތައް ވަގުތެއް ފާއިތުވި ފަހުން މިއަދުގެ ހެނދުނުގެ ވަގުތެއްގައި އަނެއްކާވެސް އަނބުރާ ފުލުހުންގެ މަރުކަޒަށް ގެންގޮސްފައިވާ ކަމަށެވެ.

"އަތީފްގެ ލޯޔަރުން އޭނާއަށް ގާނޫނީ އެހިތެރިކަން ފޯރުކޮށްދިނުމަށް ކުރި މަސައްކަތަށް ފުލުހުން ހުރަސް އަޅާ މުހައްމަދު އަތީފް ކިޔާ ބޭފުޅަކު ބ. ތުޅާދޫ އިން ހައްޔަރު ކުރެވިފައި ނުވާކަމަށް ވެސް ފުލުހުންގެ އިދާރާއިން ލޯޔަރުން ގާތު ވަނީ ވިދާޅުވެފައެވެ،"

އިދިކޮޅު ކޯލިޝަނުން ވަނީ އެ މައްސަލަ ބަލައިދިނުމަށް ހިއުމަންރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް އާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ގޮވާލާފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.