ބާ އިމްތިހާނަށްފަހު 73 ވަކީލުން ހުވާކޮށްފި

މި ރަސްމިއްޔާތުގައި އަލަށް ހުވާ ކުރި ވަކީލުންނަށް ހުވާ ލައިދިނީ ހައިކޯޓުގެ ފަނޑިޔާރު ހުސެއިން މަޒީދެވެ.

73 ވަކީލުން ހުވާކުރި ރަސްމިއްޔާތުގެ ތެރެއިން --

ބާ ކައުންސިލުން ފުރަތަމަ ފަހަރަށް ބޭއްވި އިމްތިހާނަށްފަހު 73 ވަކީލުން ހުވާކޮށްފި އެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާ އިމްތިހާން ބޭއްވީ މިދިޔަ ނޮވެމްބަރު މަހު އެވެ. އިމްތިހާނުގައި ބައިވެރިވި 176 ވަކީލުންގެ 68 ޕަސެންޓް ވަނީ އިމްތިހާނުން ފާސްވެފަ އެވެ. ފާސްވި ވަކީލުންގެ ތެރެއިން 73 ވަކީލުން ހުވާ ކުރީ މިދިޔަ ހޯމަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

މި ރަސްމިއްޔާތުގައި އަލަށް ހުވާ ކުރި ވަކީލުންނަށް ހުވާ ލައިދިނީ ހައިކޯޓުގެ ފަނޑިޔާރު ހުސެއިން މަޒީދެވެ. އަލަށް ވަކީލުކަމުގެ ހުވާކުރި ފަރާތްތަކަށް ޕްރެކްޓިސިން ލައިސެންސް ދީފައިވާއިރު، 2020 ވަނަ އަހަރު ސްޕެޝަލް ލައިސެންސިން ޓްރޭނިން ޕްރޮގްރާމްގެ ދަށުން ލައިސެންސް ދޫކުރި ވަކީލުންނަށް ދާއިމީ ލައިސަންސް ވެސް ވަނީ ހަވާލުކޮށްފަ އެވެ.

73 ވަކީލުން ހުވާކުރި ރަސްމިއްޔާތުގެ ތެރެއިން --

މީގެ އިތުރުން ބާ އިމްތިހާނުން އެއް ވަނަ ހޯދި ތިން ފަރާތަކަށް އެކްސެލެންސް އެވޯޑު ހަވާލުކޮށްފައިވެ އެވެ. އަދި މިތީ ވަނަތައް ހޯދި ފަރާތްތަކަށް ވެސް އެވޯޑު ދީފައިވެ އެވެ.

މި ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި ޝަރުއީ ދާއިރާގެ އިސްބޭފުޅުންގެ އިތުރުން ބައެއް ވްޒީރުން ވެސް ބައިވެރިވެވަޑައިގެންފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.