ބޮރޯޑްކޮމްގެ ހުސްވާ ގޮނޑިއަށް 4 ނަމެއް

ބްރޯޑްކޮމްގެ މެމްބަރު އަމްޖަދުގެ މެމްބަރުކަމުގެ މުއްދަތު ހަމަވަނީ އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.

ބްރޯޑްކޮމް މެމްބަރުން: އަންނަ މަހު ހުސްވާ ގޮނޑިއަށް 4 ނަން ވަނީ މަޖިލީހަށް ހުށަހަޅާފައި --

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ މެމްބަރު އަމްޖަދު ވަހީދުގެ މެމްބަރުކަމުގެ މުއްދަތު ހަމަވާތީ އެ ގޮނޑިއަށް މެމްބަރަކު ހަމަޖެއްސުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހަތަރު ނަމެއް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.

ބްރޯޑްކޮމްގެ މެމްބަރު އަމްޖަދުގެ މެމްބަރުކަމުގެ މުއްދަތު ހަމަވަނީ އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ. ރައީސް މަޖިލީހަށް ފިނުއްވި ސިޓީގައި ބަޔާންކުރައްވާފައި ވަނީ އެ މަގާމަށް ހުޅުވާލުމުން ކުރިމަތިލި ބޭފުޅުންގެ ތެރެއިން އެމަނިކުފާނު އެންމެ އިސްކަންދޭ ނަންބަރު ތަރުތީބުން ނަންތައް ހުށަހަޅާފައިވާ ކަމަށެވެ.

  • ޝިހާމް މުހައްމަދު ވަހީދު، ދަފްތަރު 5143
  • ޝާން ސޯލިހު މުހައްމަދު، ފިނިވާދީ، ދ. ކުޑަހުވަދޫ
  • ހުސައިން އަމްރު، ވ. ރޯޝަން
  • ސަފާ ޝަފީގް، ބިއްލޫރިވިލާ، ދ. މީދޫ

ބްރޯޑްކޮމްގެ ނައިބު ރައީސް އަހުމަދު ގައިސް މެމްބަރު ކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެން އެ މަގާމަށް ވެސް ރައީސް ވަނީ ނަން ފޮނުއްވާފަ އެވެ. އޭގެ ތެރޭގައި ހުސްވާ މަގާމަށް ކުރިމަތިލި ޝާން އަދި އަމްރު ވަނީ އެ މަގާމަށް ވެސް ކުރިމަތިލައިފަ އެވެ.

ގައިސް ކުއްލި ގޮތަކަށް ބްރޯޑްކޮމްގެ ނައިބު ރައީސް ކަމާއި މެންބަރުކަން ދޫކޮށްލެއްވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގައި ރައީސް ސޯލިހަށް ތާއީދުކޮށް އެ ކެންޕެއިނަށް ވަގުތު ދިނުމުގެ ގޮތުންނެވެ.  

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.