ދެވަނަ ލެގުގައި ރެއާލްގެ ދަނޑުގައި ރެއާލް ކޮޅަށް ގިނަ ލަނޑު ތަކެއް ޖަހައިގެން މޮޅުވުމަކީ ލިވަޕޫލަށް އެހައި ފަސޭހަ ކަމަކަށް ނުވާނެ އެވެ.
ޗެމްޕިއަންސް ލީގުގެ ލިވަޕޫލްގެ ދަނޑު އެންފީލްޑްގައި ކުޅުނު މެޗުގައި ރޭ ލިވަޕޫލް ދެ ލަނޑުގެ ލީޑެއް ހޯދާފައި އޮއްވާ ފަހަތުން އަރައި 5 ލަސް ލަނޑު ވައްދާލައި 5-2 ގެ ނަތީޖާއަކުން ލިވަޕޫލްގެ މައްޗަށް ކާމިޔާބު ހޯދައި ލިވަޕޫލު ލަދުގަންނަވާލައިފި އެވެ. މިއީ އެންފީލްޑްގައި ލިވަޕޫލް ކޮޅަށް ފަސް ލަނޑު ވަން ފުރަތަމަ ފަހަރެވެ.
ގަދަ 16 އިގެ ފުރަތަމަ ލެގުގައި މި ނަތީޖާ ލިވަޕޫލްގެ ދަނޑުގައި ނެރެވުމުން މުބާރާތުގެ ކްއާޓާ ފައިނަލާ ކައިރިއަށް ރިއަލްށް ވަނީ ޖެހިލެވިފަ އެވެ. ދެވަނަ ލެގުގައި ރެއާލްގެ ދަނޑުގައި ރެއާލް ކޮޅަށް ގިނަ ލަނޑު ތަކެއް ޖަހައިގެން މޮޅުވުމަކީ ލިވަޕޫލަށް އެހައި ފަސޭހަ ކަމަކަށް ނުވާނެ އެވެ.
ރޭގެ މެޗު ފަށާއި ރަނގަޅަށް ކުޅެގަތީ ލިވަޕޫލުންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މެޗުގެ ހަތަރުވަނަ މިނެޓްގައި ލިވަޕޫލުގެ ސަލާހު ތަނަވަސް ކޮށްދިން ފުރުސަތެއްގައި ޑާވިން ނުނޭޒް ވަނީ ހުނަރުވެރި ކަމާއެކު ރީތި ލަނޑެއް ޖަގައި ރެއާލްގެ ގޯލު ފޫދުއްވާލާފަ އެވެ.
އެ ނަތީޖާގައި ލިވަޕޫލް އިތުރަށް ކުޅެގަތެވެ. އޭގެ ނަތީޖާއަކަށްވީ މެޗުގެ 14 ވަނަ މިނެޓްގައި ލިވަޕޫލްގެ ދެވަނަ ގޯލު މުހައްމަދު ސަލާހު ފަސޭހަ ކަމާއެކު ކާމިޔާބު ކުރަން ފުރުސަތު ލިބިގެން ދިއުމެވެ. އެ ގޯލު ސަލާހް ޖެހީ ރެއާލްގެ ކީޕަރު ތިބޯ ކޯޓްއާ އަށް ހެދުނު ގޯހަކުން ބޯޅަ އޭނާގެ ކޮންޓްރޯލުން ގެއްލިގެނެވެ.
އޭގެ ފަހުން ވަރަށް ފޯމްގައި ހުރި ވިނީސިއަސް ޖޫނިއާ ވަނީ މޮޅަށް ކުޅެ މޮޅު ލަނޑެއް މެޗުގެ 21 ވަނަ މިނިޓްގައި ލިވަޕޫލް ކޮޅަށް ވައްދާލައި ރެއާލްއަށް އުންމީދު އާކޮށް ދިނުމާއެކު ޓީމްގެ ކުޅުން ހަމައަކަށް އަޅުވާފަ އެވެ. އަދި ވީނިއަށް ދެވަނަ ލަނޑެއް މުޅިން ހިލޭ ލިބުނެވެ. އެއީ މެޗުގެ 36 ވަނަ މިނިޓްގައި ލިވަޕޫލްގެ ކީޕަރު އެލިސަން ހެދި ގޯހެއްގައި ވިނީގެ ފައިގައި ޖެހިފައި ބޯޅައިގެ ކޮންޓްރޯލް އެލިސަންއަށް ގެއްލި ގޯލަށް ބޯޅަ އޮހުނީ އެވެ. ފުރަތަމަ ހާފު ނިމުނީ ހަމަހަމަ ނަތީޖާއެއްގައި އޮވެގެނެވެ.
ދެވަނަ ހާފުގައި ލިވަޕޫލަށް އެ މީހުންގެ ގޭމް ކުޅެވޭނެ އެއް ގޮތެއް ނުހޯދުނެވެ. ހާއްސަކޮށް އެ ޓީމްގެ ޑިފެންސާއި މެދުތެރެ ވަރަށް ބޮޑަށް ބާ ހެދި ހާ އަޅައިފައި އޮތުމުން ރެއާލް އިން އެ މީހުންގެ ގޭމް ކުޅެމުން ގެންދިޔައީ ވަރަށް ފަސޭހަ ކަމާއެކު އެވެ.
މެޗުގެ 47 ވަނަ މިނެޓްގައި ރެއާލް އިން ތިންވަނަ ގޯލެއް ޖެހި އެވެ. މޮޑްރިޗް ހުރަސް ކޮށްލައި ދިން ހިލޭ ޖެހުމެއްގައި ބޮލުން ޖަހާ ގޯލަށް ބޯޅަ ވައްދާލީ އެޑާ މިލިޓާއޯ އެވެ. އަދި އޭގެ ފަހުން ރެއާލްގެ ހަތަރު ވަނަ ގޯލާއި ފަސް ފަސް ވަނަ ގޯލެއް ޖަހައި ބޮޑު ފަރަގެއް ގެނައީ ކަރީމް ބެންޒެމާ އެވެ. އޭގެ އެއް ގޯލަކީ ލިވަޕޫލްގެ ގޮމޭޒްގެ ފައިގައި ޖެހިފައި ވަތން ގޯލެކެވެ.