ހަސަންފުޅު ގެއްލުން: އާ ވާހަކައެއް، އެކަމަކު ހަބަރެއް ނެތް

ތަހުގީގަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މާލޭގެ ބައެއް ސަރަހައްދުތަކުގެ ސީސީޓީވީ ފްޓޭޖް ކެމެރާތައްވެސް ބަލާފައިވާ ކަމަށް ފުލުހުން ބުންޏެވެ. މިއީ މި ހާދިސާއާ ގުޅޭ އާ ވާހަކަ އެކެވެ. ނަމަވެސް ތަފްސީލެއް ނުދެއެވެ.

އއ. މަތިވެރި، ރިވެލި / ހަސަން އަލީ: މިދިޔަ މަހުގެ 31 ވަނަ ދުވަހުން ފެށިގެން ވަނީ ގެއްލިފައި
  •  ހަސަންފުޅު އެންމެ ފަހުން ފެނުނީ ޖަނަވަރީ 31 ގައި
  •  އާއިލާއިން ފުލުހަށް ރިޕޯޓްކުރީ ފެބްރުއަރީ 1 ގައި
  •  އެންމެ ފަހުން ފެނުނީ ފިހާރައަކުން ނިކުންނަނިކޮށް
  •  މުޅި ރަށާއި ކައިރި ރަށްތަކާއި ކަނޑުގެ ސަރަހައްދު ބަލައިފި
  •  މައުލޫމާތެއް ލިބިގެން މާލޭގެ ބައެއް ސަރަހައްދުތަކުގެ ސީސީޓީވީ ވަނީ ބަލާފައި
  •  29 މީހެއްގެ ބަޔާން ވަނީ ނަގާފައި

އއ. މަތިވެރި، ރިވެލި / ހަސަން އަލީ (ހަސަންފުޅު) ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ތަހުގީގަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މާލޭގެ ބައެއް ސަރަހައްދުތަކުގެ ސީސީޓީވީ ކެމެރާތައް ބަލާފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ިރޭ ބުނެފި އެވެ.

އުމުުރުން 73 އަހަރުގެ ހަސަންފުޅު ގެއްލިގެން އާއިލާއިން ފުލުހަށް ރިޕޯޓްކުރީ ފެބްރުއަރީ 1، 2023 ގެ ހެނދުނު 9:37 ގައެވެ.

ފުލުހުން ދެންމެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހަސަންފުޅު ހޯދުމަށް މަތިވެރީގައި މީހުން ދިރިއުޅޭ ހުރިހާ ގެއަކާއި ރަށުގެ ހުރިހާ ފަޅުގޯތިތަކާއި ގެވަޅު / ހުސް ބިންތައް ބަލާފައިވާ ކަމަށެވެ. އަދި އެ ރަށުގައި ހިންގާ ހުރިހާ ގެސްޓް ހައުސްތަކާއި ކެފޭ / ރެސްޓޯރަންޓްތަކާއި ރަށުގެ ހޭޅިފަށާއި ގޮނޑުދޮށާއި ވަލުތެރެ ހިމެނޭހެން ރަށުގެ ހުރިހާ ސަރަހައްދަކާއި ވަޅުފަދަ ތަންތަން ބަލާ ފާސްކޮށްފައިވާ ކަމަށެވެ.

އަދި ރަށުގެ އެކި ހިސާބުތަކުގެ ސީސީޓީވީ ކެމެރާ ފްޓޭޖްތައް ބަލާ މަތިވެރީގެ އެކި މީހުންނާއި ސުވާލުކޮށް ހަސަންފުޅާ ގުޅޭ މައުލޫމާތު ހޯދުމުގެ މަސައްކަތް ކޮށްފައިވާ ކަަމަށެވެ.

މީގެ އިތުރުން އެ ރަށުގެ އޮޑިފަހަރު ބަލާ އެއްވެސް ރަށަކަށް ހަސަންފުޅު ގޮސްފައިވޭތޯ ބެލުމުގެ މަސައްކަތާއި އޭނާ އާންމުކޮށް ގޮސް އުޅޭ ރަށްރަށާއި އެ ރަށްރަށަށް ގޮސް އޭނާ އާންމުކޮށް ގޮސް އުޅޭ ގޭގޭގެ މީހުންނާއި ސުވާލުކޮށް މައުލޫމާތެއް ލިބޭތޯ ބަލާފައިވާ ކަމަށެވެ.

ހަސަންފުޅުބެ ފެނޭތޯ ކަނޑުގެ ސަރަހައްދު ބަލަން އުޅަނދެއް ފުރަނީ: ހަސަންފުޅުގެ ހަބަރެއް ނެތް

އަދި ރަށުގެ ގޮނޑުދޮށުން ފެށިގެން ފަޅާއި ފަރު / ކަނޑުގެ ސަރަހައްދު ފީނައިގެން ވަނީ ބަލާފައެވެ. މަތިވެރީގެ ކައިރީގައިވާ ފަޅު ރަށްތަކާއި ތިލަތަކާއި ފަޅުތައްވެސް ފީނައިގެން ބަލާފައިވާ ކަމަށް ވަނީ ބުނެފައެވެ. އަދި ވައިގެ މަގުންވެސް އެ ސަރަހައްދު ވަނީ ބަލާފައެވެ.

ފުލުހުން ބުނި ގޮތުގައި ހަސަންފުޅު ގެއްލިފައިވާ މައްސަލައިގެ ތަހުގީގުގައި މަތިވެރިން ލިބެން ހުރި ހުރިހާ ސީސީޓީވީ ފްޓޭޖްތައް ހޯދައި 157 ގަޑިއިރުގެ ފްޓޭޖް ދިރާސާކޮށްފައިވެއެވެ. މި ފްޓޭޖްތަކުން ހަސަންފުޅު އެންމެ ފަހުން ފެނިފައިވަނީ ޖަނަވަރީ 31، 2023 ވަނަ ދުވަހުގެ ރޭ 9:30 އެހާކަންހާއިރު ރަށުގެ ފިހާރައަކަށް ވަދެ ނިކުމެގެންދާ މަންޒަރު ކަމަށެވެ.

މީގެ އިތުރުން ތަހުގީގަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މާލޭގެ ބައެއް ސަރަހައްދުތަކުގެ ސީސީޓީވީ ފްޓޭޖް ކެމެރާތައްވެސް ބަލާފައިވާ ކަމަށް ވެސް ބުންޏެވެ. ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް ނުދެއެވެ. އެހެން ކަމުން ފުލުހަށް ލިބުނީ ކޮން މައުލޫމާތެއް ކަމެއް ސާފެއް ނުވެއެވެ. 

ހަސަން އަލީ ހޯދަން މަތިވެރި ރައްޔިތުންވެސް ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައި

ފުލުހުން އިތުރަށް ބުނި ގޮތުގައި ތަހުގީގުގައި މިހާތަނަށް 199 މީހެއްގެ ފަރާތުންް މައުލޫމާތު ސާފުކޮށްފައިވެއެވެ. އަދި 29 މީހެއްގެ ބަޔާން ނަގާފައިވެއެވެ.

"ހަސަން އަލީ ހޯދުމަށް ދިވެހި ފުލުހުންގެ ހިދުމަތުން ކުރަމުންދާ މަސައްކަތުގެ އަދާހަމަ ގަވާއިދުން އާއިލާއާ ގެންދަނީ ހިއްސާ ކުރަމުންނެވެ،" ފުލުހުންގެ ބަޔާނުގައިވެއެވެ.

ހަސަން އަލީ އަކީ ކާކު؟ އއ. މަތިވެރި، ރިވެލި ހަސަން އަލީ ވަނީ ދެ ކައިވެންޏެއް ކޮށްފައެވެ. ފުރަތަމަ ކަައިވެންޏަށް ނުވަ ކުދީން ލިބިފައިވެއެވެ. ހުރިހާ ކުދީންވެސް ވަނީ ބޮޑުވެފައެވެ. މިވަގުތު މީހަކާ އިނދެން ނޫޅުނު ނަމަވެސް ކުދީންގެ މަންމަ އާއި ގިނަ ކުދީންނާއެކު ހަސަންބެ ދިރިއުޅެނީ ރިވެލީގައެވެ.

ގެއްލުމުގެ ކުރީން ހަސަންފުޅުގެ މިޒާޖަށް ކުއްލި ބަދަލެއް

ހަސަންބެ ގެއްލުމާއި ގުޅިގެން އެންމެ ގިނަ ބަޔަކަށް ފާހަގަވި އެއް ކަމަކީ އޭނާގެ މިޒާޖަށް މި ފަހުން އައި ކުއްލި ބަދަލެވެ. އެ ބަދަލު އަައި ކަން ރަށުގެ މީހުންނަށް ފާހަގަވީ ހަސަންބެ ކުއްލި އަކަށް ގެއްލުމުންނެވެ.

މަތިވެރީން ވާހަކަ ދެއްކި ވަަރަށް ގިނަ މީހުން ބުނި ގޮތުގައި ހަސަންބެ އަކީ ކުރީން ވަަރަށް ސަމާސާ ބޮޑު މީހެކެވެ. ކުޑަކުދީންނާއި ސަމާސާ ކުރުމާއި އެ ކުދީންނަށް ހަދިޔާ ދިނުން ފަދަ ކަންކަން ކުރެއެވެ. ނަމަވެސް މިދިޔަ ދެތީން ދުވަހު މުޅީން ތަފާތެވެ.

އެންމެ ބޮޑު ތަފާތަކީ މީހުންނާއި ވާހަކަ ދެއްކުން މުޅީން ހުއްޓާލުމެވެ. މަޑުވެފައި ހުރުމެވެ.

"އެންމެ ފަހުން ރޭ ފެނުނުއިރު ވެސް އެއްވެސް ވާހަކައެއް ނުދައްކާ. އެހެން ނޫނީ އަޅުގަނޑުގެެ ދަރިފުޅު ފެނުނީމަ އަނގައިން ނުބުނެ ހަސަންބެ ނުހުންނާނެ. އެކަމަކު ރޭގައި އަޅުގަނޑު ދަރިފުޅާއެކު ހަސަންގެ ކައިރިއަށް ދިއުމުން ވެސް އިސް އުފުލާ ބަލައިވެސް ނުލާ،"

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.