ޒުވާނުންނަށްވީ ވައުދަށް އެމްޑީޕީން ބޭވަފާވެއްޖެ: ދުންޔާ

ދުންޔާ ވިދާޅުވި ގޮތުގައި ވަޒީފާ ނުލިބޭ ޒުވާނުންގެ ނިސްބަތް މިހާރު ހުރީ 25 އިންސައްތައަށް ވުރެ މަތީގައެވެ. އަދި ސުކޫލަކަށް ނުވަދެވި / އުމުރުން 18 އަހަރު ނުފުރޭތީ ވަޒީފާއަކަށް ނުވަދެވި ތިބި 8،000 ވުރެ ގިނަ ކުދީން އެބަތިބި ކަމަށް ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (ކ) ރައީސް މުހައްމަދު ނަޝީދު (މ) އަދި ދުންޔާ މައުމޫން (ވ)

އެމްޑީޕީގެ މި ސަރުކާރުން ޒުވާނުންނަށް ވީ ވައުދަށް ބޭވަފާވެފައިވާ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު، މޯލްޑިވްސް ނެޝަނަލް ޕާޓީގެ ނާއިބު ލީޑަރު ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.

ދުންޔާ ވަނީ ޓްވީޓެއް ކުރައްވާ މި ސަރުކާރުން ޒުވާނުންވީ ވައުދުތައް ނުފުއްދަވާ ކަމަށް ވިދާޅުވެ ސަރުކާރަށް ފާޑުކިޔުން އަމާޒު ކުރައްވާފައެވެ. ވިދާޅުވީ އެމްޑީޕީން ވައުދަށް ވީ ބޭވަފާ ކަމަށެވެ.

މި ސަރުކާރުން އުފެއްދުންތެރި ޒުވާނުން ވީ ވައުދު ކޮބައިތޯ ސުވާލު ކުރައްވާފައިވެއެވެ. އެ ޒުވާނުންނަށް ދެއްވި ވަޒީފާގެ ކަށަވަރުކަން ހަތަރު އަހަރު ވީއިރު ޔަގީންކޮށް ނުދެވުނީ ކީއްވެގެންތޯ ވެސް ސުވާލު ކުރައްވާފައިވެއެވެ.

ދުންޔާ ވިދާޅުވި ގޮތުގައި ވަޒީފާ ނުލިބޭ ޒުވާނުންގެ ނިސްބަތް މިހާރު ހުރީ 25 އިންސައްތައަށް ވުރެ މަތީގައެވެ. އަދި ސުކޫލަކަށް ނުވަދެވި / އުމުރުން 18 އަހަރު ނުފުރޭތީ ވަޒީފާއަކަށް ނުވަދެވި ތިބި 8،000 ވުރެ ގިނަ ކުދީން އެބަތިބި ކަމަށް ވިދާޅުވިއެވެ.

ސުކޫލް މަރުހަލާ ނިމި އުމުރުން 18 އަހަރު ފުރުމާ ހަމައަށް އާމްދަނީ ލިބޭ ވޮކޭޝަނަލް މަސައްކަތެއް ކުރުމުގެ ފުރުސަތު ހޯދާ ދިނުމަކީ ސަރުކާރުގެ ވަައުދެކެވެ. އެހެން ކަމުން ދުންޔާ އެ އިޝާރާތް ކުރައްވަނީ އެކަމަށް ކަމަށް ބެލެވެއެވެ.

"ދިވެހިންގެ ކުރިމަގަށް ވީ ބޭވަފާ،" ދުންޔާގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.