ދިރާސީ އާ އަހަރުގެ ކިޔެވުން ފަށަނީ އޯގަސްޓް 6 ގައި

އަހަރުގެ ކިޔެވުން ނިމެނީ ޖޫން 12، 2024 ގައެވެ. އެޔަށްފަހު ދެން ފެށެނީ ބޮޑު ޗުއްޓީ އެވެ. މީގެ ކުރީގައި ދިރާސީ އާ އަހަރުގެ ކިޔެވުން ފަށަނީ ޖެނުއަރީ މަހު އެވެ. ބޮޑު ޗުއްޓީ ލިބެނީ އާންމުކޮށް ނޮވެމްބަރު މަހު އެވެ.

ސްކޫލް ދަރިވަރުންތަކެއް: އާ އަހަރުގެ ކިޔެވުން އަންނަ އޮގަސްޓް ހައެއްގައި ފެށުމަށް ވަނީ ހަމަޖައްސާފައި -- މި

މި އަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން އަންނަ އޮގަސްޓް މަހުގެ ހަވަނަ ދުވަހު ފަށާ ގޮތައް އެކެޑެމިކް ކަލަންޑަރު އާންމު ކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީ އިން އާންމުކުރި އެކެޑަމިކް ކަލަންޑަރުގައިވާ ގޮތުގައި އޯގަސްޓް މަހުގެ ހަވަނަ ދުވަހު އާ އަހަރުގެ ކިޔެވުން ފެށޭއިރު، ޓީޗަރުން އެ މަހުގެ އެއްވަނަ ދުވަހު ސްކޫލަށް ނުކުންނަން ޖެހެ އެވެ.

ގްރޭޑް 11 އިގެ ދަރިވަރުންނަށް ކިޔެވުން ފެށެނީ ސެޕްޓެމްބަރު ތިން ވަނަ ދުވަހު އެވެ.

  •  އޮކްޓޯބަރު 15-19: މިޓް ޓާމް ބްރޭކް
  •  ނޮވެމްބަރު 12-23: ގްރޭޑް 10 ގެ ފުރަތަމަ ޓާމް ޓެސްޓް
  •  ޑިސެމްބަރު 3-14: ގްރޭޑް 7، 8، 9، 11 އަދި 12 ގެ ފުރަތަމަ ޓާމް ޓެސްޓް
  •  ޑިސެމްބަރު 21: ފުރަތަމަ ޓާމް ނިމުން
  •  ޑިސެމްބަރު 21 - ޖެނުވަރީ 6: ފުރަތަމަ ޓާމް ޗުއްޓީ
  •  ޖެނުވަރީ 7: ދެވަނަ ޓާމްގެ ކިޔެވުން ފެށުން

އަހަރުގެ ކިޔެވުން ނިމެނީ ޖޫން 12، 2024 ގައެވެ. އެއަށް ފަހު ދެން ފަށަނީ ސްކޫލް ބޮޑު ޗުއްޓީ އެވެ. 

މީގެ ކުރީގައި ދިރާސީ އާ އަހަރުގެ ކިޔެވުން ފަށަނީ ޖެނުއަރީ މަހު އެވެ. ބޮޑު ޗުއްޓީ ލިބެނީ އާންމުކޮށް ނޮވެމްބަރު މަހު އެވެ. އެކަމަކު ކޮވިޑް-19 އިގެ ބަލިމަޑުކަމާ ގުޅިގެން އެތައް ދުވަހަކު ސްކޫލްތަކުގެ ކިޔެވުން ހުއްޓާލައި އަދި އޮންލައިންކޮށް ކިޔަވައި ދިނުމަށް ފަހު 2021 ވަނަ އަހަރު ވަނީ ޒަމާނުއްސުރެ އޮތް ގޮތް ބަދަލު ކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.