މި މަސް ނިމުމުގެ ކުރިން އެރަށުން ފެނުގެ ހިދުމަތަށް އެދޭ މީހުންނަށް އެއް ޓަނުގެ ފެން ހިލޭ ދޭން ހަމަޖައްސާފައި ވެއެވެ.

އިއްޔެ އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ހިދުމަތް އިފްތިތާހު ކޮށްދެއްވީ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަތީފާއި، އެ ރަށު ކައުންސިލުގެ ރައީސް މޫސާ ނާޒިނެވެ.
ސްޓެލްކޯއިން ބުނީ އެ ހިދުމަތް ފެށުމާއެކު އެ ރަށުގެ ހުރިހާ ފިހާރައަކާއި، ވިޔަފާރިއަކަށް މިހާރު ފެނުގެ ހިދުމަތް ލިބޭނެ އެވެ. އެގޮތުން، ޖުމްލަ 170 ކަނެކްޝަނެއް އެ މަޝްރޫއުގައި ގޮތުން އަޅާފައިވެއެވެ.
މި މަސް ނިމުމުގެ ކުރިން އެރަށުން ފެނުގެ ހިދުމަތަށް އެދޭ މީހުންނަށް އެއް ޓަނުގެ ފެން ހިލޭ ދޭން ހަމަޖައްސާފައިވާ ކަމަށް ސްޓެލްކޯއިން ބުނެއެވެ.
ހަންޏާމީދޫ ފެނުގެ މަޝްރޫއަކީ 2021 ވަނަ އަހަރު އެމްޑަބްލިއުއެސްސީއިން ފެށި މަޝްރޫއެކެވެ. އެ މަޝްރޫއުގެ އަގު 21 މިލިއަން ރުފިޔާއަށް އަރައެވެ.