ޕްރިންސް ވިދާޅުވަނީ އަރަބި ދައުލަތްތަކުން ދިމިޝްގުގެ މައްސަލައަށް މިހާތަނަށް އާ އާންމު އެއް ގޮތް އުސޫލެއް ގެންގުޅެފައެއް ނެތެވެ.
ތެހެރާން (ފެބްރުއަރީ 19) - ސީރިއާއާއެކު ސީރިއަސް މަޝްވަރާތައް ބާއްވަން ޖެހޭ ކަމަށް ސައުދީ އަރަބިއްޔާގެ ފޮރިން މިނިސްޓަރު ވިދާޅުވެއްޖެ އެވެ.
ސައުދީ ފޮރިން މިނިސްޓަރު ޕްރިންސް ފައިސަލް ބިން ފަރުހާން އަލް ސައުދު މިހެން ވިދާޅުވީ ޖަރުމަނުގެ މިއުނިކްގައި ކުރިޔަށްދާ ސެކިއުރިޓީ ފޯރަމްގެ ތެރޭގަ އެވެ.
ޕްރިންސް ފައިސަލް ވިދާޅުވީ އަރަބި ގައުމުތަކުން ދިމިސްގާއެކު މުއާމަލާތް ކުރުމުގައި ދެކޭ ގޮތާއި ގެންގުޅޭ ވިސްނުމާއި އުސޫލަށް ބަދަލު ގެނެސް އަލުން ވިސްނަން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ އަރަބި ދައުލަތްތަކުން އެކަމުގައި މިހާތަނަށް އާ އާންމު އުސޫލެއް ގެންގުޅެފައި ނުވާ ކަމަށެވެ. ޕްރިންސް ފައިސަލް އަދި ވިދާޅުވީ އިންސާނިއްޔަތަށްޓަކައި ވެސް ސީރިއާ ކްރައިސިސް ހައްލު ކުރަންޖެހޭ ކަމަށެވެ.
ސައުދީ ހާރިޖީ ވަޒީރާ ހަވާލާދީ ރޮއިޓާސް އިން ބުނީ ސީރިއާ އެކަހެރި ކުރުމަކީ ފައިދާއެއް ނުކުރާ ކަމެއް ކަމަށް އަރަބި ދުނިޔޭގައި އިއްތިފާގެއް އުފެދެމުން އަންނަ ކަމަށާއި ރެފިއުޖީން އެނބުރި އައުން ހިމެނޭ ގޮތަށް އިންސާނީ މައްސަލަތައް އެންމެ ކުޑަމިނުން ހައްލު ކުރުމަށް ކޮންމެވެސް ހިސާބަކުން ދިމިޝްގާއެކު މަޝްވަރާ ކުރަން ޖެހޭ ކަމަށެވެ.
"ދެ ދެމެދުގައި ދެމެހެއްޓެނިވި ޑައިލޮގެއް އުފެދޭން ޖެހޭ ކަމަށް ފެންނަނީ،" ޕްރިންސް ވިދާޅުވި އެވެ. -- ރޮއިޓާސް