ސަރުކާރު ހިންގާ އެމްޑީޕީގެ މެންބަރު ސަނީފަކީ މިފަދަ ފާހިސް އަމލުތަކުގެ މައްސަލަތަކާއި ދީނީ މައްސަލަތަކުގައި އެމްޑީޕީން ގެންގުޅޭ ސިޔާސަތުތަކާ ފާޅުގައި ދެކޮޅު ހައްދަވާ ބޭފުޅެކެވެ.
އެއްޖިންސުން ގުޅުން ހިންގި ހުރިހާ ފަރާތްތަކުގެ މަސްސަލަ ބަލާ ގާނޫނުގައި ބުނާ އެންމެ ހަރުކަށި އަދަބު ދޭން ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފު ގޮވާލައްވައިފި އެވެ.
ސަރުކާރު ހިންގާ އެމްޑީޕީގެ މެންބަރު ސަނީފަކީ މިފަދަ ފާހިސް އަމލުތަކުގެ މައްސަލަތަކާއި ދީނީ މައްސަލަތަކުގައި އެމްޑީޕީން ގެންގުޅޭ ސިޔާސަތުތަކާ ފާޅުގައި ދެކޮޅު ހައްދަވާ ބޭފުޅެކެވެ.
ސަނީފު ވިދާޅުވީ ދިވެހިރާއްޖެ އާއި ދިވެހިންގެ މުސްތަގުބަލަށްޓަކައި ވެސް، އެއްޖިންސުން ގުޅުން ހިންގި އެންމެހައި ފަރާތްތަކުގެ މައްސަލަ ބަލައި ގާނޫނުގައި ބުނާ އެންމެ ހަރުކަށި އަދަބު ދޭން ދިވެހި ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމަށް ދަންނަވާ ކަމަށެވެ.
"މިކަން ނުބަލާ ނަމަ ކޮންމެ ފަދަ މުސީބާތެއް ވެސް އަޅުގަނޑު މެނާއި ދިމާ ވެދާނެ" ބިރުތުވެތިވާން އިންޒާރު ކޮފައިވާ ލިޔުންކޮޅެއް ހިމެނޭ ފޮޓޯއަކާއެކު ސަނީ ޓްވީޓް ކުރައްވާ ވިދާޅުވެފައި ވެއެވެ.
ރާއްޖެއަށް މަސައްކަތުގައި ބަނގާލާ ދޭޝްގެ އުމުރުން 25 އަހަރުގެ އެމްޑީ އަލަމްގީރް އާއެކު ދިވެހި އެތައް ސަތޭކަ ފިރިހެނުން އެއްޖިންސުން ގުޅުންހިނގި ބޮޑު "ސެކްސް ސްކޭންޑަލް" އެއް ފަޅައި އަރައި އޭގެ ތެެރެއިން ބެއް މީހުންގެ ވިޑިއޯ އާންމުވެ ދުވަސްތައް ގުނަމުންދާއިރު އެ އަމަލު ހިންގި ކަމުގެ ތުހުމަތު އޮތް މީހުންގެ ޕާސްޕޯޓް ހިފަހައްޓާފައިވާ ކަމަށް ބުނުން ފިޔަވައި ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.