ޑިީޕޯޓްކުރި އިންޑިއާ މީހާގެ މައްސަލައެއް އޮތް ކަމެއް ނާންގާ: އިމިގްރޭޝަން

ރަމޭޝް ސެލްވަމޮނީގެ މައްޗަށް ޖިންސީ ނިޔަތެއް އޮވެގެން ކުޑަކުއްޖެއްގެ ގައިގައި އަތްލި ކަމުގެ ތުުހުމަތުގައި ދައުވާ އުފުލުނެވެ. ނަމަވެސް ކްރިމިނަލް ކޯޓުން ނިންމީ އެމައްސަލަ ސާބިތުނުވާ ކަމަށެވެ.

މޯލްޑިވްސް އިމިގްރޭޝަން

އިންޑިއާގެ ރައްޔިތެއް ކަމަށްވާ ރަމޭޝް ސެލްވަމޮނީ ޑީޕޯޓްކޮށްލިއިރު އޭނާގެ މައްސަލައެއް ކޯޓްގައި އޮތް ކަމެއް ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން އަންގާފައި ނުވާ ކަަމަށް މޯލްޑިވްސް އިމިގްރޭޝަން އިން ބުނެފި އެވެ.

އިމިގްރޭޝަނުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިންޑިއާގެ ރައްޔިތެއް ކަމަށްވާ ރަމޭޝް ސެލްވަމޮނީ އަކީ އިމިގްރޭޝަންގެ ގާނޫނާއި ހިލާފުވުމުގެ ސަބަބުން ރާއްޖެއިން ފުރުވާލެވެންދެން ޑިޓެންޝަންގައި ބެހެއްޓުނު މީހެއް ކަމަށެވެ. އޭނާ ޑިޓެންޝަންގައި ބަހައްޓާފައިވަނީ ސެޕްޓެންބަރު 25، 2022 ވަނަ ދުވަހުން ފެށިގެން ޑިސެންބަރު 8، 2022 ގެ ނިޔަލަށް އޭނާ ޑީޕޯޓްކޮށްލަން ދެނެވެ.

އިމިގްރޭޝަނުން ބުނީ އެ މީހާ ޑީޕޯޓްކޮށްލުމާއި ހަމައަށްވެސް އޭނާއާ ގުޅޭ ޖިނާއީ އެއްވެސް މައްސަލައެއް ކޯޓެއްގަައި އިސްތިއުނާފު ކޮށްފައިވާ ކަމަށް ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން ރަސްމީ ސިފައެއްގައި އިމިގްރޭޝަނަށް އަންގާފައި ނުވާ ކަމަށެވެ. އަދި އެ މީހާ ރާއްޖެއިން ފުރުން މަނާކޮށް އެއްވެސް ކޯޓް އަމުރެއް ލިބިފައިވެސް ނުވާ ކަމަށެވެ.

ރަމޭޝް ސެލްވަމޮނީގެ މައްޗަށް ޖިންސީ ނިޔަތެއް އޮވެގެން ކުޑަކުއްޖެއްގެ ގައިގައި އަތްލި ކަމުގެ ތުުހުމަތުގައި ދައުވާ އުފުލުނެވެ. ނަމަވެސް ކްރިމިނަލް ކޯޓުން ނިންމީ އެމައްސަލަ ސާބިތުނުވާ ކަމަށެވެ. ދައުލަތުން ވަނީ އެ މައްސަލަ ހައިކޯޓަށް ގެންގޮސްފައެވެ. އެކަން އިމިގްރޭޝަންގެ ސަމާލު ކަމަށް ގެނައި ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.