އަންހެނުން އުފާ ކޮށްދޭން ކައިވެނީގެ ސެޓްފިކެޓްގެ ޓެޓޫއެއް ޖަހައިފި

އަނބިމީހާއަށް ހާއްސަ ކުރި އެ ޓެޓޫތައް ޖަހަން ފިރިމީހާ ޓެޓޫ ސްޓޫޑިއޯގެ ގޮނޑިއެއްގައި އަށް ގަޑިއިރު ހޭދަކުރި އެވެ.

ފިރިހެން މީހާ ޖެހި ޓެޓޫ: އޭނާ ވަނީ ހަށިގަނޑުގައި ގިނަ ޓެޓޫތައް ޖަހާފައި

ވަރަށް ގިނަ މީހުން އެ މީހުންގެ ބައިވެރިޔާ އުފާ ކޮށްދޭން ތަފާތު އަދި ހާއްސަ ކަންކަން ކޮށްލައި ދެއެވެ. އެ ގޮތަށް ލޯބިވެރިޔާ / ބައިވެރިޔާ ހައިރާންކޮށްލައި އުފާ ކޮށް ދިނުމުން ކުރެވޭ އިހުސާސާއި ލިބޭ ތަފާތުވެސް ވެ އެވެ. 

މިފަދަ އުފަލެއް ތައިލެންޑްގެ ފިރިހެނަކު ފިރިހެނަކު އަންހެނުންނަށް ދީފި އެވެ. އަންހެނުން އުފާ ކޮށްލަން އޭނާ ކޮށްލި ކަމަކީ  އަތުގެ އެކި ތަންތަނުގައި އެމީހުންގެ ކައިވެނީގެ ސެޓްފިކެޓްގެ ޓެޓޫއެއް ޖެހީ އެވެ. 

އެ މީހާ އޭނާގެ ދިރިއުޅުމުގައި އަނބިމީހާއަށްޓަކައި ސާބިތު ކޮށްދޭން ބޭނުންވީ އަނބިމީހާ ދޭން ހައިރާން ކަމައާއެކު އޮތް ލޯތްބެވެ.

މި ޓެޓޫތައް އޭނާގެ ގައިގައި ޓެޓޫ ޖަހައިދިން ޓެޓޫ ޕާލާއިން ވަނީ އާންމު ކޮށްފަ އެެވެ. ތައިލެންޑްގެ ދުވަހު ނޫހެއް ކަމަށްވާ "ހައޮސޮދު" ގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި ވަލް ކިޔާ އެ މީހާއަކީ ސަރަބުރީ ޕްރޮވިންސްގެ ކައެން ހޯއީގެ މީހެކެވެ. އެ ހާއްސަ ޓެޓޫތައް ޖަހަން އެމީހާ ޓެޓޫ ސްޓޫޑިއޯގެ ގޮނޑިއެއްގައި އަށް ގަޑިއިރު ހޭދަކުރި އެވެ.

ޓެޓޫތައް ފެނިފައި އަނބިމީހާއަށް ފުރަތަމަ ސިއްސައިގެން ދިޔައެވެ. އަދި ފަހުން އޭނާ ވަނީ އެ ޓެޓޫއަކީ އޭނާގެ ލޯތްބާއި އިހުތިރާމުގެ ހެއްކެއްގެ ގޮތުގައި ގަބޫލު ކޮށްފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.