"މި" ނޫހުގައި ފުރުސަތު އެބައޮތް: ޝައުގުވެރިތޯ؟

"މި" ނޫހަށް ބޭނުން ވަނީ ޝައުގުވެރި ކަމާއެކު ގިނައިރު އުފެއްދުންތެރި މަސައްކަތް ކުރެވޭނެ އަދި އެގޮތަށް ނޫސްވެރިކަން ކުރަން ބޭނުންވާ ދެ ޖިންސުގެ ޒުވާނުންނެވެ.

ނޫސްވެރިންގެ ގޮތުގައި މަސައްކަތް ކުރަން ވަރަށް ޝައުގު ހުރި އަދި ރަނގަޅު ފެންވަރުގައި ނޫސްވެރިކަން ކުރަން ބޭނުންވާ ޒުވާނުންނަށް "މި" ނޫހުގައި ވަޒީފާ އަދާ ކުރުމުގެ ފުރުސަތާއި މި ނޫހުގެ ނިއުސް ރޫމްގައި އިންޓާންގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

"މި" ނޫހުގެ ފަހި ފުރުސަތު ހުޅުވާލާފައި ވަނީ 29 ފެބުރުއަރީގެ ނިޔަލަށެވެ. ވަޒީފާއަށް ނަގާ ފަރާތްތަކާއި އިންޓާންގެ ގޮތުގައި ތަމްރީނު ދިނުމަށް ފަހު، ދެއްކި ޝައުގުވެރިކަމާއި ހުނަރަށް ބަލައި ވަޒީފާ ދޭނެ ފަރާތްތަކަށް ވެސް ނޫހުގެ އެތެރޭގައި ހާއްސަ ތަމްރީނު ޕްރޮގްރާމެއް ހިންގައި އަހުލުވެރި ކުރުވާނެ އެވެ.

  • ޖާނަލިސްޓުން
  • ވިޑިއޯ އެޑިޓަރުން
  • ގްރެފިކް ޖާނަލިސްޓުން

"މި" ނޫހަށް ބޭނުން ވަނީ ޝައުގުވެރި ކަމާއެކު ގިނައިރު އުފެއްދުންތެރި މަސައްކަތް ކުރެވޭނެ އަދި އެގޮތަށް ނޫސްވެރިކަން ކުރަން ބޭނުންވާ ދެ ޖިންސުގެ ޒުވާނުންނެވެ. ނޫސްވެރި ކަމަށް ޝައުގުވެރިކަން ހުރުމުގެ އިތުރުން މާލެ އާއި އަތޮޅުތަކުގެ ރަށްރަށުގައި ބާއްވާ އިވެންޓުތަކާއި ނޫސްވެރިންގެ ބައްދަލުވުންތައް ކަވަރުކޮށް ދާއިރާ އާއި ގުޅޭ މަސައްކަތް ކުރުމަށް ވަރަށް ބޮޑަށް ޝައުގުވެރިވާ، އުމުރުން 18 އަހަރާއި 25 އަހަރާ ދެމެދުގެ ދެޖިންސުގެ ޒުވާނުންނަށް އިސްކަން ދޭނެ އެވެ.

ޝައުގުވެރިވާނަމަ ހުށަހަޅަން ޖެހެނީ

  • ސީވީ
  • އައިޑީކާޑުގެ ކޮޕީ
  • އީމެއިލް: info@minoos.mv އަށް - news@minoos.mv
  • އިދާރާ: ހ. ފެއާލިން ދެވަނަ ބުރި

 "މި" ނޫހަކީ މީގެ ފަސް މަސް ދުވަސް ކުރިން އުފައްދައި އާންމު މަގޫބުލުކަމެއް ހޯދަމުން އަންނަ ނޫހެކެވެ. އަދި "މި" ނޫހުގައި ފުރިހަމަ ނިއުސް ރޫމެއް، މިޒަމާނުގެ ވަސީލަތްތަކާއެކު ގާއިމް ކޮށްފައިވާއިރު ނޫސްވެރި ކަމުގެ ތަޖުރިބާ ލިބިފައި ނޫސްވެރިން މިވަގުތު ވެސް މަސައްކަތް ކުރެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.