ރިންގު ރޯޑުގައި ނުހަދާ ބައިގައި ތާރު އަޅަން ހަވާލު ކުރަނީ

އަކުރަމު އެހެން ވިދާޅުވި ނަމަވެސް އެނގިފައިވާ ގޮތުގައި ބޮޑުތަކުރުފާނު މަގުގެ މަސައްކަތް ހަވާލު ކުރަން ނިންމާފައި ވަނީ އާރްޑީސީގެ ބަދަލުގައި، އެމްޓީސީސީއަށެވެ.

މާލޭ ބޮޑުތަކުރުފާނު މަގު: މިހާރު ތާރު ނާޅާ ސަރަހައްދުގައި ތާރު އަޅަން އަންނަ މަހު ހަވާލު ކުރާނެ

މާލެ ވަށައި އޮންނަ ބޮޑުތަކުރުފާނު މަގުގައި މިހާރު ތާރު ނާޅާ އޮތް ބައިގައި ތާރު އަޅަން އަންނަ މަހު ބަޔަކާ ހަވާލު ކުރާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފި އެވެ. 

ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މިއަދު "މި" ނޫހަށް ވިދާޅުވީ މަގު ހަދާ އެ މަސައްކަތް މިހާރު ޕްލޭން ކޮށްފައިވާ ކަމަށާއި އަންނަ މަހު އެ މަޝްރޫއު ބަޔަކާ ހަވާލު ކުރަން މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

އަކްރަމް ވިދާޅުވީ މަސައްކަތް ހަވާލު ކުރާނެ ބައެއް އަދި ނުނިންމާ ކަމަށާއި މަޝްރޫއާ ގުޅޭ އިތުރު ތަފްސީލުތައް ވެސް އަދި ދެވެން ނެތް ކަމަށެވެ. 

މިދިޔަ ހޯމަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވަނީ އެ މަގު ތަރައްގީ ކުރާނީ އިތުރަށް ފުޅާ ކުރުމަށް ފަހުގައި ކަމަށް ވިދާޅުވެފަ އެވެ.

މަސައްކަތް ހަވާލު ކުރާނީ އެމްޓީސީސީއާ

އަކުރަމު އެހެން ވިދާޅުވި ނަމަވެސް އެނގިފައިވާ ގޮތުގައި އެ މަގުގެ މަސައްކަތް ހަވާލު ކުރަން ނިންމާފައި ވަނީ އާރްޑީސީގެ ބަދަލުގައި، އެމްޓީސީސީއަށެވެ.

އަންނަ މަހު އެ މަސައްކަތް ހަވާލު ކުރަން މަސައްކަތް ކުރަމުން އަންނަ އިރު، ސަރުކާރުގެ މަގު ހަދާ ކުންފުނި، އާރްޑީސީން ގެންދަނީ އަމީނީމަގުގައި ތާރުއެޅުން ލަސްވަމުން އެމްޓީސީސީއާ ހަވާލުކޮށް ކުރުވަމުންނެވެ.

މި މަހު ނިންމާ ގޮތަށް ކޮންޓްރެކްޓް ކުރި އަމީނީ މަގުގެ މަސައްކަތް ދިޔަ ގޮތުން، ޕްލޭނިން މިނިސްޓްރީއާ އާރްޑީސީއަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.