އިއާދަކުރުވަނިވި ހަކަތައިން ފެން އުފައްދާ ނިޒާމެއް ގުޅިފަޅުގައި ގާއިމު ކުރަނީ

ޕްރޮޖްކެޓްގައި އަމާޒު ހިފާފައި ވަނީ ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް ތިމާވެއްޓާއި ރައްޓެހި ޓެކްނޮލޮޖީ ތައާރަފް ކުރާށެވެ.

މި މަޝްރޫއު އިފްތިތާހުކޮށް ދެއްވީ އެންވަރަންމަންޓް މިނިސްޓަރު އާމިނަތު ޝައުނާ -- އެމްޑަބްލިޔުއެސްސީ

ފެން ކުންފުނީގެ އިއާދަކުރުވަނިވި ހަކަތަ / އިއާދަހަކަތަ ބޭނުންކޮށްގެން ރައްކާތެެރި އަދި ސާފު ބޯފެން އުފައްދާ ނިޒާމެއް ގުޅިފަޅުގައި ގާއިމު ކުރަން އެއްބަސްވުމެއް ހަދައިފި އެވެ. 

މި ޕްރޮޖެކްޓަކީ ފެން ކުންފުންޏާއި ޖަޕާނުގެ ހިޓާޗީ ޒޯސެން ކޯޕަރޭޝަން އާއި ރެނިއުބަލް އެނަރޖީ މޯލްޑިވްސްގެ ޕްރޮޖެކްޓެކެވެ. މިނިސްޓަރު އާމިނަތު ޝައުނާ އާއި ޖަޕާނު ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ވަނީ މި ޕްރޮޖެކްޓް އިފްތިތާހުކޮށް ދެއްވާފަ އެވެ. 

މިއީ ކޮން ޕްރޮޖެކްޓެއް؟ - މި މަޝްރޫޢުއަކީ ޖަޕާނު ސަރުކާރާއި ގްލޯބަލް އެންވަޔަރަންމަންޓް ސެންޓަ ފައުންޑޭޝަނާއި ހިޓާޗީ ޒޯޝެނާއި ރިނިއުބަލް އެނާޖީން ފަންޑް ކުރާ މަޝްރޫއެކެވެ. އަމާޒު ހިފާފައި ވަނީ ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް ތިމާވެއްޓާއި ރައްޓެހި ޓެކްނޮލޮޖީ ތައާރަފް ކުރާށެވެ.
  •  ގުޅީފަޅުގައި އިއާދަހަކަތަ ބޭނުން ކޮށްގެން ފެން އުފައްދާނެ
  •  ދުވާލަކު 500 ކިޔުބިކް މީޓަރުގެ ފެން އުފެއްދުމުގެ ޤާބިލުކަން
  •  500 ކިލޯވޮޓްގެ ސޯލާ ޕީވީ ސިސްޓަމެއް
  •  450,1 ކިލޯވޯޓް ޕަ އަވަގެ ބެޓެރީ އެނަޖީ ސްޓޯރޭޖް ސިސްޓަމެއް

މި ޕްރޮޖެކްޓް އެއްބަސްވުމުގައި ފެން ކުންފުނިން ސޮއި އެޅުއްވީ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހެވެ. ހިޓާޗީ ޒޯސެން އިން މެނޭޖިން ޑިރެކްޓަރު މިޔާގީ ޓައިޔޯ އެވެ. ރިނިއުބަލް އެނާޖީ މޯލްޑިވްސް އިން ޗެއާމަން ޑރ. އިބްރާހިމް ނާޝިދެވެ.  

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.